ޒުވާންކަމުން ހޯދަންޖެހޭ އެންމެ ބޮޑު ފައިދާއަކީ ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުން-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޒުވާންކަމުން ހޯދަންޖެހޭ އެންމެ ބޮޑު ފައިދާއަކީ ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުން-: ބިލާލް އައްސަދު

ޤިޔާމަތް ދުވަހު މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ޢަރުޝީގެ ހިޔާވަހިކަން ލިބުމެވެ. ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ 7 ބާވަތުގެ މީހުންގެ ތެރެއިން އެކަކީ ޒުވާން ޢުމުރުގައި ފާފަނުކޮށް އަޅުކަންކުރުމުގައި ހޭދަކުރި ޒުވާނުންނެވެ.  

ޒުވާން ޢުމުރަކީ ކޮބައިތޯ ބަލާއިރު އެއީ ގާތްގަނޑަކަށް 35 އަހަރުވަންދެނެވެ. އެމުއްދަތުގައި ފާފަނުކޮށް ހުރެވިއްޖެ މީހަކަށް މުޅި ޢުމުރުގައިވެސް ހުރެވޭނެއެވެ. އިން ޝާ ﷲ  

ލޮބުވެތި އެކުވެރިންނޭވެ! އަހުރެންނަކީ ޒުވާނެކޭ ޢުމުރުގައި އަދި ދުވަސްތައް އެބައޮތޭ ބުނަމުން ހިތަށް އެރިހައި ކަމެއް ނުކުރާށެވެ! މަރުވާނެ ވަޤުތެއް ނުއެނގޭނެއެވެ. ޔަޤީންކަމަކީ ޢަރުޝީގެ ހިޔާވަހިކަން ލިބިއްޖެ އަޅަކަށް ޤިޔާމަތް ދުވަހު ކަންބޮޑުވެގެން އުޅެން ނުޖެހޭނެކަމެވެ. އެމީހުންނަކީ ސުަވރުގެ ވައްދަވާނެ މީހުން ކަމެވެ.  

ހަމަ އެފަދައިން ޒުވާން ޢުމުރުގައި ނަމާދުކޮށް އެހެންވެސް އަޅުކަންކޮށް ތަޤްވާވެރި ދިރިއުޅުމެއް އުޅެވިއްޖެނަމަ އެމީހަކަށް އޮތް އެންމެ ބޮޑު އުފާވެރިކަމަކީ ޢުމުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އެގޮތުގައި ހުންނަން ޘާބިތުކަން ދެއްވަވާނެކަމެވެ. އިން ޝާ ﷲ  

އަހުރެން ހުރިހާ ޒުވާނުންނަށްވެސް ހިތްވަރުދޭން ބޭނުންވަނީ ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ޒުވާން ޢުމުރުގެ އަވާގައި ނުޖެހުމަށެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުމަށެވެ. އެއަށްވުރެ ބޮޑު ނަޞީބެއް ހަމައެކަކަށްވެސް ނުލިބޭނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން