އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިންސާފު ޤާއިމުކުރެވިފައިވާ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިންސާފު ޤާއިމުކުރެވިފައިވާ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ: ވަޒީރު

އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިންސާފު ޤާއިމުކުރެވިފައިވާ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މިކަން ފާހަގަކުރެއްވީ، އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކުރައްވަމުންނެވެ.

ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ މީހުން ބާރުވެރިކުރުވަން ކުރަންޖެހޭ ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މިއީ ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތުގެ އެންމެ މުހިންމު އެއްބަޔަށް ވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން އިޖުތިމާޢީ ރައްކާތެރިކަން ޤާއިމުކޮށް، ގަދަރުވެރި ބަޔަކު އުޅޭ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގެ އަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ނާޒުކު ހާލަތްތަކުގައިވާ ޢާއިލާތައް ދުރާލާ ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ބާރުވެރިކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރުގެ ވާހަކަފުޅުގައި ހިމެނުނެވެ.

އަންހެނުން ބާރުވެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަރުންގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމުގެ ސަބަބުން ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން އަޅާ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން