ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ކ. ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.

މި މިސްކިތްތަކުގައި ކުލާސްރޫމާއި ލައިބްރަރީގެ އަންހެނުންނާއި ފިރިހެނުންނަށް ވަކި ވުޟޫ ކުރާ ބަޔާއި ހިނަވާގެ ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މިސްކިތްތަކުގައި ސޯލާ ނިޒާމު ޤާއިމްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުތަަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށްދާ، މުހިއްމު މަޝްރޫޢުތަކެކެވެ.

އިސްލާމީ ދާއިރާއިން މިދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މިހާރު އެކި ކުންފުނިތަކާއި ވަނީ ހަވާލުކުރެވިފައެވެ.

 

 

ހަބަރު: މިނިސްޓްރީ

މިއަދު އޮންލައިން