24 މަޝްރޫޢެއް ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
24 މަޝްރޫޢެއް ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

ތިމާވެށީގެ ދާއިރާއިން ޖުމްލަ 24 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އަމިއްލަ 5 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަސެލޯ ނަސަންދުރާގައެވެ. މި ރަސްމިއްޔާތުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ (ޑަބްލިއުއާރުއެމްސީ) ޤާއިމުކުރުމުގެ މަސައްކަތާއި، ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމަށް ބޭނުންވާ ޕްރޮކިއުމަންޓް މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ތިމާވެށީގެ ދާއިރާއިން މަސައްކަތްކުރާ ތަފާތު ފަސް ކުންފުންޏަކާއެވެ.

ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް:

ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި ރަށްތަކާއި ކުންފުނިތައް ތިރީގައި މިވަނީއެވެ:

  • ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް: ހއ. ދިއްދޫ، ހއ. މާރަންދޫ، ހއ. މޮޅަދޫ، ހއ. މުރައިދޫ
  • ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް: ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމް، ހދ. ވައިކަރަދޫ
  • އާލާފް ޕްރައިވެޓް ލިމިޓެޑް: ށ. ބިލެއްފަހި، ށ. ފީވަކު، ށ. ފޭދޫ، ށ. ކަނޑިތީމު، ށ. ޅައިމަނގު، ށ. ނޫމަރާ
  • ޓަރަސްޓް އެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ހއ. ތަކަންދޫ، ހއ. އުލިގަމް

ކުނި މެނޭޖްކުރާ އުޅަނދާ ވަސީލަތް ހޯދުމުގެ މަސައްކަތް:

މީގެ އިތުރުން، ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑާ ވަނީ ކުނި މެނޭޖްކުރާ އުޅަނދުތަކާއި ވަސީލަތްތައް ހޯދުމުގެ ގިނަ މަސައްކަތްތަކެއް ހަވާލުކުރެވިފައެވެ. އެގޮތުން، ވެރިކަންކުރާ ރަށްރަށާއި އާބަން ސެންޓަރުތައް ހިމެނޭގޮތަށް ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމުގެ ޕްރޮކިއުމަންޓް މަސައްކަތް ހިމެނެއެވެ. އަދި އައްޑޫ، ފޯއްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބޭނުންވާ މޮބައިލް ޝްރެޑާ އާއި މޮބައިލް ސޫއަރ ހޯދުމުގެ މަސައްކަތް ވެސް ވަނީ މި ކުންފުންޏާ ހަވާލުކުރެވިފައެވެ.

މީގެއިތުރުން، ޒޯން 6 އަދި 7 ގެ ވޭސްޓް ޓްރާންސްފައި ސިސްޓަމް ޕްރޮޖެކްޓް 20 އަދި 21 އަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް ވަނީ ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން