ވައިގެ ގުޅުން ބަދަހިކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ވާޖިން އެޓްލާންޓިކްއާ މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ވައިގެ ގުޅުން ބަދަހިކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ވާޖިން އެޓްލާންޓިކްއާ މަޝްވަރާކުރައްވައިފި

ރާއްޖޭގެ ވައިގެ ގުޅުން އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވާޖިން އެޓްލާންޓިކް (Virgin Atlantic) އާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ލަންޑަންގައެވެ. މި މަޝްވަރާތަކުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް އާއި ވާޖިން އެޓްލާންޓިކްގެ ފަރާތުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަށް ވައިގެ މަގުން އޮންނަ ގުޅުން އިތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްޓަކައި ކުރެވިދާނެ ކަންކަން ދެފަރާތުން މަޝްވަރާކުރުމެވެ.

ޚާއްސަކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި ވާޖިން އެޓްލާންޓިކްގެ ދަތުރުތައް އިތުރުކުރުމާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުވެރި މަސައްކަތްތައް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. މިފަދަ މަޝްވަރާތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން