ގެއަށްވަނުމަށްފަހު އަނބިދަރިންނަށް ވަޤުތުނުދީ އަދި ޚިދުމަތް ނުކުރާނަމަ އެމީހަކީ ސުންނަތަށް ޢަމަލުކުރުމުގައިވެސް ފޭލްވެފައިވާ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގެއަށްވަނުމަށްފަހު އަނބިދަރިންނަށް ވަޤުތުނުދީ އަދި ޚިދުމަތް ނުކުރާނަމަ އެމީހަކީ ސުންނަތަށް ޢަމަލުކުރުމުގައިވެސް ފޭލްވެފައިވާ މީހެއް!

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު އެންމެ ގިނައިން ކުރާ ޝަކުވާއަކީ ޒަވާޖީ ހަޔާތާއި ގުޅުންހުރި ޝަކުވާތަކެވެ. ދެމީހުންވެސް ވަޒީފާއަދާކުރަނީއެވެ. އެކުގައި ހޭދަކުރަން ލިބޭ ވަޤުތުތަކުގައި ކުރަނީ ދެމަފިރިންގެ ގުޅުމާއި ގުޅުން ނެތްކަންކަމެވެ.  

އޮފީހުގައި ޚިދުމަތްކުރަނީ ވަޒީފާގައެވެ. ގެއަށް އައިސް ތިބެނީ ފޯނުގައެވެ. ވާހަކަދައްކައި ޖަވާބުދެނީ ހިލޭ މީހުންގެ ކޯލްތަކަށާއި މެސެޖްތަކަށެވެ.  

އެހެންވެ ދެމަފިރިންގެ މައްސަލަތައް އޮންނަނީ ޙައްލުނުކުރެވިފައެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން އޮންނަނީ ނުދެވިފައެވެ. އެކަމަކުވެސް ލޯތްބާއި އަޅައިލުންވެސް ބޭނުންވެއެވެ. ޙައްލަކީ ޝަކުވާކުރުން ހެއްޔެވެ؟  

މިފަދައިން ކުރެވޭ ގިނަ ޝަކުވާތަކަށް ޢައިޝަތުގެފާނުގެ މި ބަސްފުޅުން ޙައްލު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.   

ރަސޫލް () ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތުތަކުގައި ކުރެއްވެވީ ކޮން ކަމެއްތޯ ޢައިޝަތުގެފާނަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި އަޢިޝަތުގެފާނު ވިދާޅުވީ "އާއިލާއަށް ތަފާތު ޚިދުމަތް ކުރެއްވެވުން ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން މިސްކިތްކޮޅަށް ވަޑައިގަންނަވާ ކަމަށެވެ." 

މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް () ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތަކުގައި ކުރައްވަވާ ކަމަކީ ޢާއިލާއަށް، އަނބިއަނބިކަނބަލުންނަށް ޚިދުމަތް ކުރެއްވެވުން ކަމެވެ.  

ދެން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާ ގޭގައި ހުރެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ވަގުތު ހޭދަކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދަމު ހެއްޔެވެ؟ 

އެއްވެސް ޗައްކެއް ނެތެވެ. ގެއަށްވަނުމަށްފަހު އަނބިދަރިންނަށް ވަޤުތުނުދީ އަދި ޚިދުމަތް ނުކުރާނަމަ އެމީހަކީ ސުންނަތަށް ޢަމަލުކުރުމުގައިވެސް ފޭލްވެފައިވާ މީހެކެވެ. ނަމާދު ވަޤުތުޖެހުމުން މިސްކިތަށް ގޮސް ނަމާދު ނުކުރާނަމަ އެވަނީ އެންމެ ބޮޑުތަނުން ފޭލްވެފައެވެ. ވީމާ މިކަންކަން އަވަހަށް އިޞްލާޙްކޮށްލަމާ ހިނގާށެވެ! ދިރިއުޅުމާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން