އަހުރެން މިބުނާފަދަ ބާރުގަދަ މީހަކަށް ވެވިއްޖެނަމަ އެއްވެސް ކަންބޮޑުވުމަކަށް އެމީހަކު ބަލިކޮށެއް ނުލެވޭނެ! އިން ޝާ ﷲ: ޝައިޚާ ޑރ. ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަހުރެން މިބުނާފަދަ ބާރުގަދަ މީހަކަށް ވެވިއްޖެނަމަ އެއްވެސް ކަންބޮޑުވުމަކަށް އެމީހަކު ބަލިކޮށެއް ނުލެވޭނެ! އިން ޝާ ﷲ: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ކެތްތެރިކަމަކީ ކޮންމެ މީހެއްގެ ގައިގައިވެސް ހުރުން އެންމެ މުހިންމު ސިފައެވެ. އެހެނީ ތަޤްވާވެރިވެވޭނީވެސް ދިރިއުޅުމުގައި ކުރިއަށްދެވޭނީވެސް އަދި ކޮންމެ ކަމެއް ނަމަވެސް ކާމިޔާބުކުރެވޭނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުރެގެންކަމށްވާތީއެވެ. މީގެ އިތުރުން ކެތްތެރިންނަށް ދެއްވަވާފައިވަނީ އެންމެ މަތިވެރިދަރަޖައެވެ. އެހެނީ ވަޙީބަސްފުޅުގައި އޮތީ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ.  

މިހުރިހާ ކަމަކާއިއެކުވެސް ތިމާއަކީ އެންމެ ބާރުގަދަ މީހަކު ކަމުގައިވާން އެބަޖެހެއެވެ. މިދައްކަނީ އަތްފައިގެ ބާރުގަދަވުމުގެ ވާހަކައެއް ނޫނެވެ. މިދައްތަކަނީ ހިތާއި ވިސްނުމުގެ ބާރުގަދަވުމުގެ ވާހަކައެވެ.  

އެއިރުން އެމީހަކަށް ކޮންމެ ކަމެއް ކުރިމަތިވިޔަސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް ކިތަންމެ ބޮޑު މުޞީބާތެއް ލިބުނަސް އެމީހާ ކަންބޮޑެއް ނުވާނެއެވެ. ހުންނާނީ އެކަމަކުން އެކަމަކުން ﷲ ތަޢާލާ ތިމާ ސަލާމަތްކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ.  

ބައެއް މީހުން ހީކުރަނީ ކަމެއް ދިމާވުމުން ކެތްތެރިވެ މަޑުން ހުރެވޭނަމަ އެންމެ މަތިވެރި ދަރަޖަ ލިބޭނެ ކަމަށެވެ. ނަމަވެސް އެންމެ މަތީ ދަރަޖަ ލިބޭނީ ކެތްތެރިވުމާއިއެކު މިބުނި މަގުން ވިސްނައި ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކޮށްގެން ހުރުމުންނެވެ.

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސް

 

 

 

މިއަދު އޮންލައިން