ﷲ ތަޢާލާ ތިމާގެ ފާފަ ފުއްސަވައިދެއްވަވާނެ ކަމަށް ބުނަމުން ފާފަ ކުރުމަކީ ވަރަށް ނުރައްކައުތެރިކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ތަޢާލާ ތިމާގެ ފާފަ ފުއްސަވައިދެއްވަވާނެ ކަމަށް ބުނަމުން ފާފަ ކުރުމަކީ ވަރަށް ނުރައްކައުތެރިކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް.

އެއްވެސް ޝައްކެއްވެސް ނެތެވެ. ﷲ ތަޢާލާއީ މީހުންނަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. ތިމާއަށް ކުރެވުނު ފާފަތަކާއިމެދު ދެރަވެ އިޚްލާޞްތެރިކަމާއިއެކު އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދަންނަނަވައިފިނަމަ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. ޝިރުކުރުކުރުމާއި ޒިނޭކުރުން ފަދަ އެންމެ ބޮޑެތި ފާފަތައް ނަމަވެސްމެއެވެ.  

ހަމައެކަނި ފާފަ ފުއްސަވައިދެއްވަވަނީއެއްވެސް ނޫނެވެ. ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމުން އެމީހަަކށް ކުރެވިފައިވާ ފާފަތަކަކީ ކުރެވިފައިވާ ހެޔޮ ޢަމަލުތަކަށްވެސް ބަދަލުކޮށްދެއްވަވަތެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ ވަރަށް ނުރައްކައުތެރި 2 ޙާލަތެއްވެއެވެ. ފުރަތަމަ ޙާލަތަކީ ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ނުޖެހޭނެ ކަމަށް ބަލައިގެން ފާފަކުރުމެވެ. 2 ވަނަ ޙާލަތަކީ ތިމާކުރާ ފާފަ ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ ކަމަށް ބުނަމުން ފާފަކުރުމެވެ. (ދުލުން ނުބުނި ނަމަވެސް އެގޮތަށް ޤަބޫލުކޮށްގެން ފާފަކުރުމެވެ.) އެމީހުން އެވަނީ އެންމެ ބޮޑު ނުރައްކަލުގެ ތެރޭގައެވެ.)

- ޝައިޚް ޢާޞިމް އަލްޙަކީމް  

އެއްވެސް މީހެއްގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ބުނުމަކީ ނަރަކައަށް ވައްދަވައިފާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތުމުން އެގޮތަށް ވިދާޅުނުވެ ޝައިޚް އެވަނީ އެކަމުގެ ހުރި ބޮޑުކަން ބަޔާންކޮށް ދެއްވަވައިފައެވެ. މަސައްކަތްކުރައްވާފައި އެވަނީ އެއީ އެހައިވެސް ބޮޑުކަމެއްކަން ބަޔާންކޮށްދެއްވެވުމަށެވެ. ވީމާ މިއީ ވަރަށް ބޮޑަށް ބިރުވެތިވެ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

މިއަދު އޮންލައިން