ލޮބުވެތި ކަނބަލުންނޭވެ! މަދިރީގެ ޢުމުރުހައި ކުޑަދުވަސްކޮޅެއްގެ އުފަލަށްޓަކައި އަމިއްލަ ނަފުސް ނަރަކައަށް ވައްޓައިލަނީ ކީއްވެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލޮބުވެތި ކަނބަލުންނޭވެ! މަދިރީގެ ޢުމުރުހައި ކުޑަދުވަސްކޮޅެއްގެ އުފަލަށްޓަކައި އަމިއްލަ ނަފުސް ނަރަކައަށް ވައްޓައިލަނީ ކީއްވެ ހެއްޔެވެ؟

އަހުރެން މިވާހަކައިގަ ބޮޑަށް ސަމާލުކަންދޭނީ އަންހެނުންނަށެވެ. ހުރިހާ އުޚުތުންނަށްވެސް އަހުރެން ކުރަން އޮތް އިލްތިމާސަކީ ތިބާގެ އަމިއްލަ ނަފުސް ނަރަކައަށް ވައްޓާލައިގެން ހޯދަން ތިއަ މަސައްކަތްކުރާ ލޯބިވެރިޔާ ތިބާދެކެ ލޯބިވާނީ ކިހައި ދުވަހަކު ހެއްޔެވެ؟ ގިނަ ފަހަރަށް އެލޯބީގެ ޢުމުރަކީ މަދިރީގެ ޢުމުރުހައި މަދުދުވަސްކޮޅެއް ނޫންހެއްޔެވެ؟  

ދެމީހަކު ލޯބިވެ ހަރާމް ގުޅުންތައް ހިންގަނީއެވެ. އެކަމުން އެކަކަށް އުނދަގޫވެ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެވެން ފަށަނީއެވެ. އެގުޅުން ހުއްޓާލަން، ފާފަކުރުން ހުއްޓާލަން ބޭނުންވަނީއެވެ.  

އެވަޤުތު ނިކަން ބާރަށް ޝައިޠޯނާ އަންނާނެއެވެ. އައިސް ބުނާނެއެވެ. "އެއްގޮތަކަށްވެސް ތިއަހެން ކަންކަން ކުރާކަށް ނުވާނެއެވެ. އޭނާ ވަރަށް ދެރަވާނެއެވެ. އެހައި ބޮޑު ހިތްދަތިކަމެއް، އަނިޔާއެއް އޭނާގެ ހިތަށް ދޭކަށްނުވާނެއެވެ!" 

ވިސްނައިލާށެވެ! މުހިންމީ ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވުން ހެއްޔެވެ؟ އަނެކާގެ ހިތަށް ވެދާނެ އުނދަގުލެއް ނުވަތަ އޭނާއަށް ލިބިދާނެ ހިތްދަތިކަމެއް ހެއްޔެވެ؟ އިތުރަށް ވިސްނައިލާށެވެ! ތިމާއަށް ކުރެވޭ ފާފައިގެ ސަބަބުން އަމިއްލަ ނަފްސް ނަރަކައަށް ވައްޓައިލާނީ އަމިއްލް ންފްސް ދެކެ ލޯބިނުވާ މީހުންނެވެ.  

ލޮބެވި އެކުވެރިންނޭވެ! އަޚުންނާއި އުޚުތުންނޭވެ! ޝައިޠޯނާއަށް ރަތްކާޑުދައްކާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށްޓަކައި އެގުޅުން ކަނޑައިލާށެވެ! ލޯބިވުން ނިމުމަކަށް ގެންނާށެވެ!  

އެކަންކަން ކޮށްފިނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެ ނިޢުމަތްތައް މާބޮޑުވާނެއެވެ. މާއުފާވެރި ހަޔާތެއް، ދިރިއުޅުމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ތިމާއަށް ކުރެވެމުން އަންނަ ފާފައެއް ކުރުން ﷲ ތަޢާލާއަށްޓަކައި ހުއްޓާލައިފި މީހަކަށް އެކަމުގެ ބަދަލު ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. ދެއްވަވާނެ ދަރަޖަ ނުވެސް ވިސްނޭނެތެވެ. އެމީހަކު އުފަލުން ފުރިގެންދާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން