ވިތުރިއަށް އިހްމާލްނުވާށެވެ! އެއީ ރަސޫލް ޞޢޥ ގެ ވަޞިއްޔަތްފުޅެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވިތުރިއަށް އިހްމާލްނުވާށެވެ! އެއީ ރަސޫލް ޞޢޥ ގެ ވަޞިއްޔަތްފުޅެކެވެ!

އަބޫހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވިއެވެ. 

"ތިމަންކަލޭގެފާނުގެ ޚަލީލު (އެކުވެރިޔާ) ރަސޫލާ ތިންކަމަކަށް ތިމަން ކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވި. (1) ކޮންމެ މަހަކު ތިން ރޯދަ ހިފުމާއި، (2) ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމާއި، (3) ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ".  

ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "ރޭގަނޑުގެ އެންމެ ފަހު ނަމާދެއް ކަމުގައި ވިތުރި ހަދާހުށިކަމެވެ." 

މިބަސްފުޅުގެ މާނައަކީ ރޭއަޅުކަމަށްފަހު އެންމެ އެންމެ ފަހު ރަކްޢަތަކަށް ވިތުރިގެ 3 ރަކްޢަތް ނުވަތަ ރޭއަޅުކަމަށްފަހު ކުރަން ވިތުރިގެ އެންމެ ފަހުން އެކަހެރިކޮށް ކުރާ ރަކްޢަތް ކުރުމެވެ.  

ޢިޝާ ނަމާދަށްފަހު ވިތުރިގެ 2 ރަކްޢަތް ކުރެވިދާނެއެވެ. ރޭއަޅު ކަމަށްފަހު ކުރަން އެކަހެރި ރަކްއަތް ބޭއްވިދާނެއެވެ. ތިމާ ރޭއަޅުކަންކުރަން ނުހޭލާނަމަ ޢިޝާނަމާދަށްފަހު އެންމެ މަދުމިނުން ވިތުރިގެ 3 ރަކްއަތްކުރާށެވެ!  

ތަކުރާރުކޮށްލާނަމެވެ! ވިތުރި ނުކޮށް ނުނިދާށެވެ! އެކަމަށް ރަސޫލް އެވަނީ ވަޞިއްޔަތްކުރައްވައިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން