"ދާއިމީ އިސްތިޣުފާރުގެ މުޢުޖިޒާތް - ނަބިއްޔާ ﷺ ގެ ޔަޤީންކަން": ޝައިޚް މުޙައްމަދު ބާޖޫރު

ކިޔުމަށް ހޭދަވާނީ 2މ 31ސ
"ދާއިމީ އިސްތިޣުފާރުގެ މުޢުޖިޒާތް - ނަބިއްޔާ ﷺ ގެ ޔަޤީންކަން": ޝައިޚް މުޙައްމަދު ބާޖޫރު

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްތިޣުފާރުގެ މަތިވެރިކަމާއި އޭގެ ސަވާބުގެ މުހިންމުކަން ބަޔާންކުރުމަކީ މިއަދުގެ އަޅުގަނޑުގެ މަޤްޞަދެވެ. އިސްތިޣުފާރަކީ އަޅުގަނޑުމެންނަށް ސަލާމަތްކަމާއި ރައްކާތެރިކަން ހޯދައިދޭ، އަދި ޢަޒާބުން ދުރުކޮށްދޭ އަގުހުރި ޢަމަލެކެވެ. 

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މާލީ ދަތިކަމާއި ދަރިން ނުލިބުމުގެ ޝަކުވާ ކުރާއިރު، މި ކަންކަމަށް ޙައްލު ހޯދުމުގެ ޔަޤީންކަން ލިބިގެންވަނީ ރަސޫލުﷲ ގެ ޙަދީޘްފުޅުންނެވެ. މިއީ އެއްވެސް ވިޔަފާރި މުއައްސަސާއަކުން ދޭ ޔަޤީންކަމެއް ނޫނެވެ. 

ރަސޫލުﷲ ގެ އިރުޝާދުފުޅުގައިވާ ގޮތުން، ދާއިމީ ގޮތެއްގައި އިސްތިޣުފާރު ކުރާ މީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ދަތިކަމަކުންނާއި އުނދަގުލަކުން ސަލާމަތްވުމުގެ މަގު ދައްކަވާނެއެވެ. އެހެންކަމުން، މާލީ ދަތިކަމެއް ނުވަތަ ދަރިން ނުލިބުމުގެ މައްސަލައެއް ދިމާވެފައިވާނަމަ، ގިނަގިނައިން އިސްތިޣުފާރު ކުރުމަކީ އެންމެ އެކަށީގެންވާ ޙައްލެވެ. 

މިއީ ދަރިން ދެއްވާ ފަރާތުން ދެއްވާފައިވާ އެންމެ މޮޅު ފަރުވާއެވެ. އަޅުގަނޑު ﷲ ގެ ޙަޟްރަތުން އެދެނީ އަޅުގަނޑާއި ތިޔަ އެންމެހައި އަޚުންނާއި އުޚްތުންނަށް މި ބަސްފުޅުތަކުން މަންފާ ލިބިގަތުމުގެ ތައުފީޤު މިންވަރުކުރެއްވުމެވެ.

އޭ ﷲ އެވެ! އަޅަމެން ތިބާގެ ޙަޟްރަތުން ފާފަފުއްސެވުން އެދެމެވެ. އަޅަމެންގެ މައިންބަފައިންނަށް ފާފަފުއްސެވުން އެދެމެވެ. އަޅަމެންގެ އަނބިންނާއި ފިރިންނަށް ފާފަފުއްސެވުން އެދެމެވެ. އަޅަމެން ލޯބިވާ އެންމެހައި މީހުންނަށާއި، އަޅަމެންނަށް ލޯބިވާ އެންމެހައި މީހުންނަށް ފާފަފުއްސެވުން އެދެމެވެ. 

އޭ ﷲ އެވެﷲ އެވެ، އަޅުގެ އަޚުންނާއި އުޚްތުންނޭވެ، އިސްތިޣްފާރަކީ ކޮންމެ މައްސަލައެއް ޙައްލުކުރުމުގެ ތަޅުދަނޑިއެވެ. ޔަޤީންކަމާއެކު ގިނަގިނައިން އިސްތިޣްފާރުކުރާށެވެ. އަޅުގަނޑު ތިބާއަށް ޔަޤީންކަން އަރުވަމެވެ، ތިބާއަށް ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.

އޭ ! އަޅަމެން ގިނަގިނައިން އިސްތިޣްފާރުކުރާ މީހުންގެ ތެރެއިން ލައްވާށިއެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ބައިގައި، ފަޖުރު ވަގުތު ޖެހުމުގެ ކުރިން، ﷲ އެ މީހުން ސިފަކުރައްވައެވެ. ސަޙޫރު ވަގުތު، އެ މީހުން އިށީނދެ ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން އެދެއެވެ. 

ބަންގިއާއި އިޤާމަތާ ދެމެދު، ސަޖިދައިގައި ފާފަފުއްސެވުމަށް ދުޢާކުރާށެވެ. ވަގުތު ލިބޭއިރު، މަސައްކަތަށް ދާއިރު، ސްކޫލަށް ދަތުރުކުރާއިރު، ހުސްވަގުތުކޮޅެއް ލިބޭއިރު ވެސް އިސްތިޣުފާރު ކުރުމަށް އާދަކުރާށެވެ. 

އޭ ﷲ! އަޅަމެން އަބަދުވެސް ފާފަފުއްސެވުމަށް އެދޭ މީހުންގެ ތެރެއިން ލައްވާށިއެވެ. ﷲ އަޅަމެންގެ އެންމެ ފަހު ޢަމަލުތައް އެންމެ ހެޔޮ ޢަމަލުތަކުގެ ގޮތުގައި، އަދި އަޅަމެންގެ އެންމެ ފަހު ބަސްތައް އިސްތިޣުފާރުގެ ބަސްތަކުގެ ގޮތުގައި ލައްވާށިއެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރު                   

 

                   

މިއަދު އޮންލައިން