އަނބިން މާރީތިވެ ނަލަހެދިގެން ބޭރަށްދިއުމުގެ މައްސަލަ ޙައްލުކުރެވޭނީ އެކަން މެދުވެރިވާ ސަބަބު ފިރިންނަށް ވިސްނިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަނބިން މާރީތިވެ ނަލަހެދިގެން ބޭރަށްދިއުމުގެ މައްސަލަ ޙައްލުކުރެވޭނީ އެކަން މެދުވެރިވާ ސަބަބު ފިރިންނަށް ވިސްނިގެން!

އެމީހެއްގެ ވިސްނުމުގައި އުނިކަމެއް ނެތް ކޮންމެ މީހަކަށްވެސް އެމީހަކު ރީތިވާނެއެވެ. އަންހެނަކަސް އަދި ފިރިހެނަކަސް އެކަން އޮތީ އެގޮތަށެވެ. އެހެންވެ ރީތިވެ ނަލަހެދުނީމާ ތަޢްރީފްގެ ބަހެއް ލިބެން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އެކަމަށް ތަޢްރީފްގެ ބަސް ލިބުމަކީ އެކަން ކުރުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.  

ދިރިއުޅުމުގެ ހުރިހާ ކަންކަން އެކޮޅުކޮޅުން ޖަހަމުން ގޮސް ފޭރާންލުމުގެ ކަންތައްވެސް މިއަދު މިވަނީ އެކޮޅުކޮޅުން ޖަހައިފައެވެ. މިޘާލަކަށް އަނބިން ރީތި ފޭރާންލައި ޒީނަތްތެރިވާނީ ގޭގައި ފިރިމީހާގެ ކުރިމަތީގައި އުޅޭއިރަކު ނޫނެވެ. ގެއިން ބާރަށް ނުކުންނަންވުމުންނެވެ.  

މިކަން މިހެންމިވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!  

ފުރަތަމަ ކަމަކީ ގޭގައި ކިތަންމެ ވަރަށް ޒީނަތްތެރިވެ ރީތި ހެދުންލައިގެން އުޅުނަސް ބަލައި ތަޢްރީފްކުރުމެއް ނެތެވެ. އެކަންކުރާނެ މީހަކު ނުހުރެއެވެ. ނަމަވެސް ރީތިވެގެން ބޭރަށް ނުކުމެއްޖެނަމަ މީސްތަކުންގެ ތަޢްރީފްލިބެއެވެ.  

ކޮންމެ މީހަކީވެސް އެމީހަކު ކުރާ ކަންކަމަށް އެހެން މީހުންގެ ތަޢްރީފް ލިބެން ބޭނުންވާނެ މީހެކެވެ. އެހެންވީމާ ގޭތެރޭގައި ޒީނަތްތެރިނުވެފައި ގެއިން ބޭރަށް ނުކުންނައިރު ޒީނަތްތެރިވަނީއެވެ.  

އެހެނަސް މިކަމުގެ އަޞްލަށް ބަލައިފިނަމަ ކަންތައްކުރަން އޮތީ އެގޮތަކަށް ނޫނެވެ. ގެއިން ނުކުންނަންވުމުން ޒީނަތްތެރިވުމެއް ނެތެވެ. އޮތީ މުޅިހަށިގަނޑު ފޮރުވޭނެ ފަދަ ފޭރާމެއްލައި ފޮރުވިގެން ހުރެ ނުކުމެވެ.  

ސަބަބަކީ ބޭރުގައި އުޅެން އޮތީ އެހެން މީހުންގެ ސަމާލުކަން ނުލިބޭނެ ގޮތަށެވެ. މީސްތަކުންނަށް ކާކުކަންވެސް ނުއެނގޭނެ ފަދައިންނެވެ. މާނައަކީ އަޞްލު ސޫރަ ނުވަތަ ހަށިގަނޑުގެ ރީތިކަން ހިލޭ މީހުންނަށް ދެއްކުމެއް ނެތެވެ.  

މިކަންކަން އިޞްލާޙްކުރެވޭނީ ފިރިން އެކަމަށް ސަމާލުކަންދީގެންނެވެ. ގޭތެރޭގައިވެސް ފިރިންގެ ސަމާލުކަން އަނބިންނަށް ދީގެންނެވެ. އެހެން މީހުންގެ ބެލުންތަކުން އަނބިން ސަލާމަތްކުރެވޭނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން