އެއްގޮތަކަށްވެސް ނަމާދުނުކުރާ އަންހެނެއްގެ ޖަނާޒާގައި ކުރިމަތިވި އާދައާ ޚިލާފަށް ބިރުވެރި ކަންކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެއްގޮތަކަށްވެސް ނަމާދުނުކުރާ އަންހެނެއްގެ ޖަނާޒާގައި ކުރިމަތިވި އާދައާ ޚިލާފަށް ބިރުވެރި ކަންކަމުގެ ވާހަކަ-

އެއީ އެއްގޮތަކަށްވެސް ނަމާދުކުރި މީހެއް ނޫނެވެ. މިސްކިތަށް އަރަން މީހަކު ބުންޏަސް އަޑުއުވޭކަމަށްވެސް ނުހަދައި އުޅުނު މީހެކެވެ. އޭނާ މަރުވީ ވަރަށް ބަލިޙާލުގައި އުޅެފައެވެ. ވަޅުލިފަހުން އެތައް ދުވަހެއް ވަންދެން ކޮންމެ ރެއަކު އޭނާގެ މަހާނައިން ބިރުވެރި އަޑެއް އިވުނެވެ. 

މިއީ އަޅުގަނޑުގެ ކާފަ ބުނި ވާހަކައެކެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ ހަމަ ހިނގައިފާނެ ކަމެއް ހެއްޔެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައަށްވުރެ މާބޮޑެތި ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެއިރުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އެއީ މަރުވެގެން ސަހަރާއަށް ވަޅުލަން ގެނެވުނު އަންހެނެކެވެ. އާދައިގެމަތިން ހިނަވައި ކަފުންކޮށްގެން ކައްވަޅު ކައިރިއަށް ގެންގޮސް އާދައިގެމަތިން އަށިގަނޑު ކައްވަޅު ކައިރީގައި ބަހައްޓާފައި އަށިގަނޑުން ހަށިގަނޑު ނަގަން އުއުޅެވެސް އެކަން ކރެވޭނެ ގޮތެއް ނުވިއެވެ. 

އޭނާގެ 6 ފިރިހެން ދަރިންނާއި އިތުރު އެތައް ބައަކު މަސައްކަތްކޮށްކޮށްވެސް ހަމަ ހިއްލައިވެސް ނުލެވުނެވެ. އިމާމަށް ގޮތް ހުސްވުމުން އެންމެ ބޮޑު އިމާމަށް ގުޅައި ކަންވެގެން އުޅޭގޮތް ކިޔައިދިނުމުން އިމާމް ބުނީ ދޭނެ ވަކި ލަފައެއް ނެތް ކަމަށެވެ. ނަމަވެސް ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން މައްޔިތާ ގާތު ޤުރްއާން ކިޔެވުމަށެވެ. ކިޔަވަންވީ ވަކި ތަނެއްވެސް ނުއެނގޭ ކަމަށެވެ. 

ކޮންމެއަކަސް އިމާމްގެ ލަފައާއިއެކު ޔާސީން ސޫރަތް ކިޔަވާތާ މާގިނަ އިރުތަކެއް ނުވެ މައްޔިތާގެ ހަށިގަނޑު ކައްވަޅަށް ތިރިކރެވިއްޖެއެވެ. އެއީ ހަށިގަނޑުން ކުޑަކުޑަ އަންހެނެކެވެ. އެހެނަސް އެންމެ ފަހު ވަގުތުވެސް ހަށިގަނޑު ބުރަވީވަރުން 3 ދަރިން އެކުގައި މަހާނަތެރެއަށް ވެއްޓުނެވެ. 

ކޮންމެއަކަސް ވަޅުލެވޭނެ ގޮތް ވުމުން އަވަހަށް ފަސްލައި ފޮރުވަން އުޅެނިކޮށް1ް ދަރިފުޅު ބޭނުންވީ މަންމަގެ މޫނު ދެކެލުމަށެވެ. އެކަމަށްވެސް ހުއްދަ ދިނީމެވެ. 

ވަޅުލައި ނިމިގެން މޫނުބެލި ދަރިފުޅާއި ސުވާލުކުރުމުން ބުނީ އެއީ ހިނަވާ ކަފުންކުރި މަންމަ ނޫންކަމަށެވެ. މުޅި މޫނު ވަނީ އެކުގައި ކަޅުވެފައިކަމަށާއި ހަރުވެ ހިލަގަނޑަކަށް ބަދަލުވެފައެވެ. 

އެއިގެ 6 އަކަ މަސްދުވަސްފަހުން ހަމަ އެދަރިފުޅާއި ޖަނާޒާއެއްގައި ބައްދަލުވެގެން ބުނީ "މަންމަގެ ހަށިގަނޑު ކައްވަޅަށް ދާން ބޭނުންނުވީ މަންމައަކީ ދުވަހަކުވެސް ސަޖިދަ ޖަހައި އުޅުނު އަންހެނަކަށްނުވާތީ ކަމަށެވެ. ނަމާދު ނުކރާތީ ކަމަށެވެ.

މީސްތަކުންނޭވެ! ކޮންމެ މީހެއްގެ ޖަނަޒާގައި މިފަދަ ކަންކަން ނުފެނިދާނެއެވެ. ނުދައްކަވައިފާނެއެވެ. އޮތީ ދައްކަވާ މަދު ޙާދިސާތަކުން ޢިބްރަތް ޙާޚިލްކޮށް ޢަމަލުކުރުމެވެ.

 

- ޚަޠީބް، ދާޢީ މުޙަމަދު އަލް ނަޤްވީ (ކުވައިތު)

 

މިއަދު އޮންލައިން