އަންނަ ރޯދަމަހު ރޯދަހިފަން ކުދިން ޝައުޤުވެރިކުރުވަން މިމަގުން ޢަމަލުކުރަން އަވަހަށް މަސައްކަތް ފަށާ! ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަންނަ ރޯދަމަހު ރޯދަހިފަން ކުދިން ޝައުޤުވެރިކުރުވަން މިމަގުން ޢަމަލުކުރަން އަވަހަށް މަސައްކަތް ފަށާ! ކާމިޔާބުވާނެ! އިން ޝާ ﷲ

ރޯދަހިފާހިތުން ތިބޭ ކުދިން ވަރަށް ގިނައެވެ. އެކުދިން ތިބެނީ ރޯދަމަހާއި ބައްދަލުވުން ލަސްވެގެން އިންތިޒާރުގައެވެ. ހަމައެގޮތަށް މަދުން ނަމަވެސް ރޯދަހިފަން ޝައުޤުވެރިނުވާ ކުދިންވެސް ތިބެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތް މިކުރަނީ އެފަދަ ކުދިންގެ ހިތުގައި ރޯދަހިފަން ޝައުޤުވެރިކަން އުފެދޭނެ ބައެއް ކަންކަން ބަޔާންކުރެވޭތޯއެވެ!   

އެންމެ ކުޑައިރުންސުރެ ރޯދަ ހިފުމުން ﷲ ތަޢާލާ ދެއްވަވާނެ ޘަވާބުގެ މަތިވެރިކަން ކިޔައިދޭށެވެ. ކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބި އުފައްދުވަން ގަދައަޅައި މަސައްކަތްކުރާށެވެ! ސުވަރުގެ ލިބުންވަނީ ﷲ ތަޢާލާއަށް ލޯބިވުން އިތުރުކޮށްގެންކަން ކުދިންގެ ހިތްތަކުގައި ހަރުލައްވަން މަސައްކަތްކުރާށެވެ.  

ހަމައެކަނި ލިބޭ އިނާމަށް ރޯދަހިފާނަމަ ބޮޑެތިވުމުން ރޯދަހިފަން ޝައުޤުވެރިކަމެއް ނުހުންނާނެއެވެ. ވީމާ ކުދިންނަށް ވިސްނައިދޭންވީ ރޯދަ ހިފުމަކީ އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަންކަމެވެ. ކުދިން ޝައުޤުވެރިކުރުވަންވީ ގިނަ ޘަވާބު ހޯދުމަށެވެ.  

މީގެ އިތުރުން ޢީދުގައި އަހަރެމެން ދުނިޔޭގައި އުފާކުރިނަމަވެސް ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ރޯދަހިފުމުންކަން ކުދިންނަށް ވިސްނައިދޭށެވެ. އަދި އުފާވެރިކަމާއި ހިތްހަމަޖެހުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ކުދިންނަށް ވިސްނައިދޭށެވެ.  

ބައެއް މުސްލިމް ޢާއިލާތަކުން ކުދިން ރޯދަހިފަން ޝައުޤުވެރިކުރުވުމުގެ ގޮތުން ފައިސާގެ އިނާމާއި އެހެންވެސް އިނާނުތައް ހުށަހަޅައެވެ. އެކަން ނުކުރާކަށް ނުބުނަމެވެ. ނަމަވެސް ބުނަން އޮތީ އެވަރަކުން އަދި ނުފުދޭ ކަމަށެވެ. 

ރޯދަ ހިފުމުން މައިންބަފައިން ކިތަންމެ އަގުބޮޑު އިނާމެއް ދިންނަމަވެސް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބާއި އަޅައިބަލައިފިނަމަ އެއީ އެއްވެސް އެއްޗެއް ނޫންކަން ކުދިންނަށް ވިސްނައިދޭށެވެ. އެއިރުން އެހައިގިނަ ޘަވާބު ހޯދަން ކުދިންގެ ހިތުގައި ޝައުޤުވެރިކަން އުފެދޭނެއެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން