މާލޭގެ ދެކެފޭއަކުން، 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މާލޭގެ ދެކެފޭއަކުން، 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް އަދި ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ހިންގި އޮޕަރޭޝަނެއްގައި، މާލޭގެ ދެ ކެފޭއަކުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަންގައި މާލޭގައި ހުންނަ 02 ކެފޭއެއް ވަނީ ބަލައި ފާސްކުރެވިފައެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އަދި ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ހޯދުމެވެ.

އެގޮތުން، މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުން ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރުމާއި، ސައްހަ ވިސާ ނެތި ދިރިއުޅުމުގެ ތުހުމަތުގައެވެ. 

އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މިފަދަ ޓާސްކް ފޯސް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މިކަމުގައި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

މިއަދު އޮންލައިން