ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރި ނަމަވެސް މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 1 އިން ޖެހިގެން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރި ނަމަވެސް މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 1 އިން ޖެހިގެން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް!

ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހާއްސަ ލައިސަންސްއެއް ދޫކުރި ނަމަވެސް، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 އިން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ލައިސަންސް ދޫކުރަނީ އެއް އަހަރުގެ މުއްދަތަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފިޝަރީސް ކޮމްޕްލެއިންސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވިދާޅުވީ، ކަށި މިޔަރުގެ މަސްވެރިކަމަށް މިހާރު ހުޅުވާލާފައިވާއިރު، މިކަމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ކަށި މިޔަރުގެ މަސްވެރިކަމާއި، އެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށި މިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާއި، ކަށި މިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

މަލީހާ ވިދާޅުވި ގޮތުގައި، ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހާއްސަ ލައިސަންސްއެއް ދޫކުރާއިރު، ލައިސަންސް އެއް އަހަރަށް ދޫކުރި ނަމަވެސް، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 އިން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި މި ގަވާއިދުގެ ދަށުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށެވެ. އެއީ ކެޔޮޅު ޕޯޓަލްތެރެއިން އެންމެ ފުރަތަމަ މައުލޫމާތު ހުށަހަޅާ ދޯނިތަކަށް ކަމަށް ވެސް މަލީހާ ވިދާޅުވިއެވެ.

މަލީހާ އިތުރަށް ވިދާޅުވީ، ދޫކުރެވޭ ލައިސަންސްތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން ކޮންމެ ކަމެއްވެސް މެނޭޖްކުރުމަށް އެ ކަމެއްގައި ހަރަކާތްތެރިވާ މީހުންނާއި މަސައްކަތްކުރާ ގޮތް އަދި ބޭނުންކުރާ ވަސީލަތްތައް އެނގުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން ލައިސަންސް ދޫކުރުމުގައި މި ހުރިހާ މައުލޫމާތެއް އެއްކުރާ ކަމަށް ވިދާޅުވިއެވެ. މަސްވެރިކަން މެނޭޖްކޮށް މަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ލައިސަންސް މެކޭނިޒަމް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް މަލީހާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން