ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިއީ ޤައުމުގެ މާލީ ނިޒާމު ހަރުދަނާކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަން ހާމަކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އިސްކަން ދެއްވާ ކަމަށެވެ. އެގޮތުން ދިވެހި ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރަނީވެސް އެ މަޤްޞަދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހޯދައި ޤައުމުން ބޭރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތަށް މިހާރު ހިންގަމުން އަންނަ ދާއިރާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއެވެ.

މާލީ ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުގެ ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށް ރާއްޖޭގެ މާލީ ނިޒާމު ބޭރުކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ވަކި ފިޔަވަޅުތަކެއް އަޅާފައެވެ. ވަޒީރު ވިދާޅުވީ، "މިކަން ބަދަލުކުރުމަށް މާލީ ވުޒާރާއިން މިހާރު ވާނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކަމާއިބެހޭ ކުންފުނިތަކަށް އަންގާފައި. ހަމައެއާއެކު ނޭޝަނަލް ޓެންޑަރ ބޯޑުންނާއި މަސްއޫލުވެރި ފަރާތްތަކަށް ވާނީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް 100 ކޮންޓްރެކްޓެއް ހަވާލުކޮށްފައި." މި ފިޔަވަޅުތަކަކީ ދިވެހި ވިޔަފާރިތަކަށް ބާރުދީ، ޤައުމީ އިޤްތިޞާދު ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން