ހިތަދަތިކަން އަދި އެނޫންވެސް މުޞީބާތެއް ކުރިމަތިވެގެން ދުޢާކުރާއިރު އެންމެ ބޮޑަށް ފައިދާކުރާނީ ޞަޙާބީން ދުޢާކުރެއްވެވިމަގުން ދުޢާކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތަދަތިކަން އަދި އެނޫންވެސް މުޞީބާތެއް ކުރިމަތިވެގެން ދުޢާކުރާއިރު އެންމެ ބޮޑަށް ފައިދާކުރާނީ ޞަޙާބީން ދުޢާކުރެއްވެވިމަގުން ދުޢާކުރީމަ!

އެމީހަކު ލޯބިވާ ނުވަތަ ވާހަކަދައްކަން ބޭނުންވާ އެންމެންނާއިވެސް ވާހަކަދައްކަން އޮތްވަސީލަތަކީ ފޯނުކަމަށް ބެލިދާނެއެވެ. ނަމަވެސް އަހުރެމެން އެންމެ ބޮޑަށް ލޯބިވާ ފަރާތްކަމަށްވާ ﷲ ތަޢާލާގެ ޙަޟްރަތުގައި ވާހަކައެއް ދަންނަވަން ކުރަންޖެހޭ ކަމަކީ ދުޢާކުރުމެވެ. އެފުރުޞަތަކީ ވަކިދުވަހެއް ނެތި ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ދެއްވަވާފައިވާ ފުރުޞަތެކެވެ.

މިއަދު މީހަކަށް ކިތަންމެ ކުޑަކުޑަ މުޞީބާތެއް ޖެހުނު ނަމަވެސް އަވަސްވެގަންނަނީ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމަށެވެ. އެއީއަކީ މައްސަލައެއްވެސް ނޫނެވެ. އަހުރެމެންނަށް އޮތީ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދުޢާގެ ޢިބާރާތެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ޞަޙާބީންނަށް ކުރިމަތިވެވަޑައިނުގަންނަވަނީ ކޮންފަދަ މުޞީބާތެއް ހެއްޔެވެ؟ އަނިޔާ ލިބިވަޑައިގަތެވެ. ގެދޮރުން ބޭރުކުރެވުނެވެ. މުދައު ފޭރުނެވެ. ހައިހޫނިކަމުގައި ތިއްބަވަން ޖެހިވަޑައިގެންނެވިއެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އިންސާނުންނަށް ކުރިމަތިވާނެ ހުރިހާ ތަކްލީފްތަކެއް ކުރިމަތިވެވަޑައިގެންނެވިއެވެ. 

އެކަމަކު އެންމެ ފަހަރަކުން ކުރިމަތިވެވަޑައިގެންނެވި އެއްވެސް ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ނުކުރައްވަވައެވެ. ދުޢާކުރެއްވެވީ "ޔާ ﷲ! އަޅަމެންގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ އިނބަ ﷲ އަށެވެ. އަޅަމެންނަށް ލުއިފަސޭހަކަން މިންވަރުކުރައްވަވާނދޭވެ!" ފަދަ ޢިބާރާތްތަކުންނެވެ. ޙަޤީޤަތުގައި މިއީ އެންމެ ބޮޑެތި ތަކްލީފްތައް ކުރިމަތިވެވަޑައިގަތުމުން ރަސޫލް ބޭކަލުންވެސް ދުޢާކުރެއްވެވި މަގެވެ. 

އެބޭކަލުން އެފަދައިން ދުޢާކުރެއްވެވީ އެބޭކަލުންނަށް ޖެހިވަޑައިގެންފައިވާ ޙާލުކޮޅު ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ޔަޤީންކުރައްވަވާތީއެވެ. ކޮންމެހެން އެޙާލުގެ ވާހަކަ ދެންނެވުމަށްވުރެ އިސްކަން ދެއްވެވީ ﷲ ތަޢާލާގެ ރަހްމަތަށް އެދިވަޑައިގަތުމަށެވެ. 

ވީމާ މިކަންކަމަކީ ދުޢާކުރުމުގައި އަހުރެމެންވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. ޢަމަލުކުރުން އެންމެ ރަނގަޅު ގޮތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން