އަނބިމީހާއަށް ނުވަތަ ދަރިއަކަށްވިޔަސް ކަމެއް ކުރެވޭއިރަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެ ކަމަށް ނުބުނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަނބިމީހާއަށް ނުވަތަ ދަރިއަކަށްވިޔަސް ކަމެއް ކުރެވޭއިރަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެ ކަމަށް ނުބުނާށެވެ!

މިއީ މުސްލިމުންގެ ތެރޭގައި ހިފާފައިވާ ވަރަށް ނުބައި އާދައެކެވެ. ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމަކީ ކިރިޔާ ކަމެއްވާއިރަށް ތިބާއަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެ ކަމަށް ބުނުމެވެ.

މިބަސް ބައެއް ގޭގައި އަނބިންނަށް އަދި ދަރިންނަށް ނިޞްބަތްކޮށްވެސް ބުނެވެއެވެ. ކުރެވޭ ބައެއް ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ބުނެވެއެވެ. އެއަޑު ގިނަގިނައިން އިވެން ފެށީމާ މެދުވެރިވާ ކަމަކީ ﷲ ތަޢާލާ އާއިމެދުގައި ނުބައި ގޮތްގޮތަށް ވިސްނެން ފަށަނީއެވެ. ﷲ ތަޢާލާ އާއިމެދުގައި ނަފްރަތު އުފެދެނީއެވެ.  

އެއިގެ ބަދަލުގައި ތިބާ ކުރާ ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމަށް ބުނާށެވެ. އަދި އެފަދައިންވެސް ބުނަންވާނީ ހަމަ ކަމެއް ކުރެވޭއިރަކަށް ނޫނެވެ. ބޮޑެތި ކުށްތައް ކުރާނަމައެވެ. ޢަޛާބް ދެއްވަވާނެ ކަމަށް ބުނަންވާނީ ފާފަކުރުން ފަދަ ބޮޑެތި ކަންކަމާއި ގުޅިގެންނެވެ.  

މިޘާލަކަށް ދޮގުބުނުން ފަދަ ކަންކަން ތަކުރާރުކުރާނަމަ ތިއަ ކުރެވެނީ ޢަޛާބު ޙައްޤުވާ ކަމެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ކުއްޖަކު އަތުން ތަށްވެއްޓި ތެޅޭއިރަށް ނޫނީ ދެކުދިން ތޮޅިލާއިރަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވާކަމުގެ ވާހަކަ ދައްކައިގެން ނުވާނެއެވެ.  

އަބަދުވެސް ވިސްނައިދޭންވީ ﷲ ތޢާލާއީ މީސްތަކުންނަށް އޯގާތެރިވަންތަ ރަސްކަލާނގެ ކަމެވެ. ބަޔާންކުރަންވީ ﷲ ތަޢާލާއީ މީސްތަކުންނަށް ރަޙުމް ކުރައްވަވާ ކަލާނގެ ކަމެވެ. ހިތުގައި ﷲ ތަޢާލާގެ މައްޗަށް ލޯބިއިތުރުވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން