ޢާއިޝަތު ރަފާޙް ޢަލީ
ދުނިޔެއާ އާޚިރަތަށް ފައިދާކުރާނެ ޢިލްމެއް އުނގެނި ޢަމަލުކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތްކަމަސް ބުނެވެނީ "އުޑުތަކާއި ބިމުގައިވާހާ ބަޔަކާއި އަދި ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން ޢިލްމުވެރިޔާއަށް ފާފަފުއްސަވާ ދެއްވުމަށް އެދި ދުޢާކުރާކަން" ޙަދީޘްފުޅުން އެނގެން އޮތަތީއެވެ!
ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
منْ سَلَكَ طَريقًا يَبْتَغِي فِيهِ علْمًا سهَّل اللَّه لَه طَريقًا إِلَى الجنةِ، وَإنَّ الملائِكَةَ لَتَضَعُ أجْنِحَتَهَا لِطالب الْعِلْمِ رِضًا
بِما يَصْنَعُ، وَإنَّ الْعالِم لَيَسْتَغْفِرُ لَهُ منْ في السَّمَواتِ ومنْ فِي الأرْضِ حتَّى الحِيتانُ في الماءِ، وفَضْلُ الْعَالِم عَلَى
الْعابِدِ كَفَضْلِ الْقَمر عَلى سَائِرِ الْكَوَاكِبِ، وإنَّ الْعُلَماءَ وَرَثَةُ الأنْبِياءِ وإنَّ الأنْبِياءَ لَمْ يُورِّثُوا دِينَارًا وَلا دِرْهَمًا
وإنَّما ورَّثُوا الْعِلْمَ، فَمنْ أَخَذَهُ أَخَذَ بِحظٍّ وَافِرٍ.
މާނައީ: ޢިލްމު އުނގެނުމަށްޓަކައި މީހަކު މަގެއް އިޚްތިޔާރު ކޮށްފިނަމަ އޭނާ އެއިޚްތިޔާރުކުރި މަގުގެ ސަބަބުން ސުވަރުގެއަށް ދާނޭ މަގެއް ﷲ ތަޢާލާ އޭނާއަށް ފަސޭހަ ކޮށްދެއްވައެވެ. ހަމަކަށަވަރުން ޢިލްމު އުނގެނޭ މީހާ އެކުރާ ކަންތައްތަކާމެދު ރުހިވަޑައިގެތް މަލާއިކަތް ބޭކަލުން އެބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކުރައްވައެވެ. އެއީ އޭނާގެ ކިބައިގައިވާ ޢިލްމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. އަދި ހަަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކާއި އަދި ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން ޢިލްމުވެރިޔާއަށް ފާފަފުއްސަވާ ދެއްވުމަށް އެދި ދުޢާކުރެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިއެއްގެ މާތްކަން އަޅުވެރިއެއްގެ މައްޗަށް ވަނީ ސާދަވިލޭރޭގެ ހަނދުގެ މާތްކަން އެންމެހާ ތަރިތަކުގެ މައްޗަށް ވާފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. ފަހެ ހަމަކަށަވަރުން ވާރުތަ މުދަލެއްގެ ގޮތުގައި ނަބީބޭކަލުން ދީނާރެއް އަދި ދިރްހަމެއް ދުލެއް ނުކުރައްވައެވެ. އަދި ވާރުތަ މުދަލެއްގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ހަމައެކަނި ޢިލްމެވެ. ފަހެ އެޢިލްމު ޙާޞިލްކޮށްފި މީހާ އެ ޙާޞިލްކުރީ ވަރަށް ބޮޑުވެގެންވާ ފުރިހަމަ ނަޞީބެކެވެ."