މައްޔިތާ ވަޅުލެވުމުން ކައްވައްވަޅު އެމީހަކާ މުޚާޠަބްކޮށް މުޢާމަލާތުކުރާނެ ގޮތް އެނގޭނަމަވެސް ބިރުން ފުނޑުފުނޑުވާވަރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މައްޔިތާ ވަޅުލެވުމުން ކައްވައްވަޅު އެމީހަކާ މުޚާޠަބްކޮށް މުޢާމަލާތުކުރާނެ ގޮތް އެނގޭނަމަވެސް ބިރުން ފުނޑުފުނޑުވާވަރުވާނެ!

އިންސާނާގެ ޙަޔާތް 3 މަރުޙަލާއަކަށް ބަހައިލެވިދާނެއެވެ. އެއީ ދުނިޔޭގެ ޙަޔާތާއި ކައްވަޅުގެ ޙަޔާތާއި ޢާޚިރަތުގެ ޙަޔާތެވެ. ޔަޤީންކަމަކީ ދުނިޔެއަށް ފޮނުއްވުނު އެއްވެސް މީހެއްގެ ފުރާނަ މަރުވެގެން ނުދާނެކަމާއި މިއިން ކޮންމެވެސް އެއް މަރުޙަލާއެއްގައި އެފުރާނަ އަބަދުވެސް ވާނެކަމެވެ. މިތަނުން ނިމުމެއް ނެތް ޙަޔާތަކީ 3 ވަނަ ޙަޔާތެވެ! އާޚިރަތުގެ ޙަޔާތެވެ.  

މަރުވެ ވަޅުލެވުމުން ކައްވަޅު އެމީހަކާއި މުޚާޠަބްކޮށް ވާހަކަދައްކައެވެ. އެކަން ހިނގާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއްގެ މައްޗަށެވެ. ޖައްބާރެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައި ދާ މީހުންނާއި މުޢާމަލާތުކުރާނީ ހަރުކަށިކޮންނެވެ. ބިރުވެރި ގޮތުގައެވެ. ކައްވަޅުގައި ލިބޭ ޢަޛާބުވެސް ހަމަ އެހައިމެ ހަރުކަށިވާނެއެވެ.  

ކައްވަޅުގައި ލިބޭ ޢަޛާބުގެ އަޑު، އެމީހާ ރޯ ރުއިމުގެ އަޑު ދުނިޔޭގައި އުޅޭ ޖަނަވާރުތަކަށްވެސް އިވެއެވެ. އެއަޑުތައް ނުއިވެނީ އިންސާނުންނަށް އެކަންޏެވެ. އިންސާނުންނަށް އެކަންކަން އެނގުން މިވަނީ ރަސޫލް ()ގެ ޙަދީޘްފުޅުތަކުންނާއި ކީރިތި ޤްރުއާނުންނެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަންކަމާއިމެދު ވިސްނައި ކައްވަޅުގެ ޢަޛާބަށް ހޭލުންތެރިވުމެވެ. ޢަޛާބު ނުލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.  

މުސްލިމަކު މަރުވެއްޖެ ނަމަ ވަޅުލަންވާނީ ޞާލިޙުންނާއިއެކުގައެވެ. މުސްލިމުން ވަޅުލާ ޤަބުރުސްތާނެއްގައެވެ. ރަސޫލް () ވަނީ އެކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި އެއީ ނުބައި މީހަކާއި ގާތުގައި ވަޅުލެވިއްޖެ ނަމަ އޭނާގެ އުނދަގޫތައް ކައްވަޅުގައި ފޯރާނެތީއެވެ.  

މަރުވުމުން ވެސް މީހުންނަށް އުނދަގޫ ކުރެވޭނެތޯ ޞަހާބީން ސުވާލުކުރެއްވެވުމުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ ދުނިޔޭގައި އަވަށްޓެރިންގެ އުނދަގޫ ފޯރާ ފަދައިން ކައްވަޅުގައިވެސް ފޯރާނެ ކަމަށެވެ.  

މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލެވެން ނެތިއްޖެ ނަމަ ވަޅުލެވެން އޮތް ތަނެއްގައި ވަޅުލާށެވެ! އަދި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!  

(މިކަމުން އެނގިގެންދަނީ މުސްލިމުން ވަޅުލާ ޤަބުރުސްތާނެއްގައި ކާފަރުން ވަޅުލައިގެން ނުވާނެކަމެވެ.)  

ހެޔޮ ލަފާ މީހުން ނުވަތަ ތަޤްވާވެރިން މަރުވުމުން މަރުވެފައިތިބި އެހެން މީހުންނަށް ޒިޔާރަތްކުރާނެ ކަންވެސް އެނގެން އެބައޮތެވެ. ކަފުން ކުރާއިރު ރިވެތި ގޮތުގައި ކަފުން ކުރުމަށް ރަސޫލް () ޙަދިޘްފުޅު ކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ. 

ކަންކަން މިފަދައިން ހުރިނަމަވެސް ބަރުޒަޚުގެ ޢާލަމާއިމެދު ގިނަ ބައަކު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އެންމެންވެސް މަރުވަމުންދާތީ މަރުވާނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ބަރުޒަޚުގެ ޢާލަމުގައި ކަންކަން ހިނގާނެ ގޮތާއިމެދު ބިރުވެތިވަނީ ވަރަށް މަދު މީހެކެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން