ޕްރޮސްޓްރޭޓް ދުޅަވުމާ ގިނައިން ކުޑަކަމުދާން ޖެހުމާ ކެންސަރުން ދުރުކޮށްދީ ދެމަފިރިކަމުގެ ގުޅުމަށް އެހީތެރިވެދޭ އެންމެ ފަހުގެ އީޖާދު- އަތްފޯރާ ފަށުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕްރޮސްޓްރޭޓް ދުޅަވުމާ ގިނައިން ކުޑަކަމުދާން ޖެހުމާ ކެންސަރުން ދުރުކޮށްދީ ދެމަފިރިކަމުގެ ގުޅުމަށް އެހީތެރިވެދޭ އެންމެ ފަހުގެ އީޖާދު- އަތްފޯރާ ފަށުގަ!

ޕްރޮސްޓްރޭޓް ދުޅަވުމާ ގިނައިން ކުޑަކަމުދާން ޖެހުމާ ކެންސަރުން ދުރުކޮށްދީ ދެމަފިރިކަމުގެ ގުޅުމަށް އެހީތެރިވެދޭ އެންމެ ފަހުގެ އީޖާދު އުފައްދާފައިވަނީ ޙަކީމީ ބޭހަކުންނެވެ. އެބޭސް އުފައްދަން ބޭނުންކޮށްފައިވަނީ މައިގަނޑު 3 ބާވަތެކެވެ. 

އެއީ ބަރަބޯއޮށާއި މިންޓްލީވްސްއާއި ރޯމޭބިސްކަރުގެ އޮށުގެ "އެކްސްޓްރެކްޓް" އެވެ. 

ރާއްޖެއށް ބަލައިފިނަމަ ބަރަބޯ އޮށް ލިބެއެވެ. މިންޓް ލީވްސް ނުލިބުނަސް އެއާޢިލާގެ ފަތެއް ކަމަށްވާ ކުދީނާ ފަތް ލިބެއެވެ. ދެން އިތުރަށް ކުރަން އޮތްކަމަކީ މޭބިސްކަދުރުކާއިރު އޮށްތައް އުކާނުލައި ހަފައިގެން ކެއުމެވެ. 

މި 3 ބާވަތަކީވެސް ހަށިގަނޑަށް އިތުރުފައިދާތައްވެސް ލިބިދޭ 3 ބާވަތެވެ. ވީމާ ކުރަން އޮތްކަމަކީ އެބާވަތްތައް ބޭނުންކުރުމަށް ސަމާލުކަން ދިނުމެވެ. 

ބޭސް އުފެއްދި ޑޮކްޓަރު ބުނެފައިވަނީ ޕްރޮސްޓްރޭޓް ދުޅަވުމުގެ މައްސަލަ އުފެދެނީ އެތަނުގައި ނުބައި ޖަރާސީމުތައް އިތުރުވާތީކަމަށެވެ. އެކަން ހުއްޓުވިގެން ނޫނީ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށެވެ. ޑޮކްތަރީ ބޭހުން ލިބެނީ ވަޤުތީ ފަރުވާއެއް ކަމަށާއި އޮޕަރޭޝަން ކުރިޔަސް މައްސަލަތައް ކުރިމަތިވަނީ ޖަރާސީމުތައް އަލުން އަށަގަންނާތީކަމަށެވެ. 

"ޕްރޮސްޓްރޭޓް ދުލަވީމާ ހަމައެކަނި އަވަސްއަވަހަށް ކުޑަކަމުދާންޖެހުމުގެ އިތުރުން ދިލަވެސް ނަގާނެ. ޖިންސީ ގޮތުންވެސް ބަލިކަށިވާނެ. މިބާވަތުގެ ކަމެއް ކުރިމަތިވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން މަސައްކަތްކުރަންވާނެ." ކަމަށްވެސް ޑޮކްތަރު ބުނެފައިވެއެވެ. 

ވީމާ ކުރަން އޮތްކަމަކީ މިބާވަތުގެ މައްސަލައެއް ކުރިމަތި ނުވިނަމަވެސް ކުރިޔާލައި މިބާވަތުގެ ފައިދާހުރި ތަކެތި ބޭނުން ކުރުމެވެ.  

(މިމަޢުލޫމާތު ގެނެސްދީފައި މިވަނީ ދިވެހި ބޭސްވެރިއެއްގެ އިރުޝާދާއިވެސް އެކުގައެވެ.)

 

މިއަދު އޮންލައިން