ތެދުވެރިންނަށް ކައިވެނި ރޫޅުމަކީވެސް، ދުވަސްކޮޅަކު އެކަނި ހުންނަން ޖެހުމަކީވެސް ލައްވަވާ ރަޙްމަތެއް! ނުކުންނަން ޖެހުނު ގޭގެ ބަދަލުގަ މާފުރިހަމަ ގަނޑުވަރަކަށް ވައްދަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތެދުވެރިންނަށް ކައިވެނި ރޫޅުމަކީވެސް، ދުވަސްކޮޅަކު އެކަނި ހުންނަން ޖެހުމަކީވެސް ލައްވަވާ ރަޙްމަތެއް! ނުކުންނަން ޖެހުނު ގޭގެ ބަދަލުގަ މާފުރިހަމަ ގަނޑުވަރަކަށް ވައްދަވާނެ! އިން ޝާ ﷲ

އަހުރެން މިރޭ ފަށާނީވެސް ހިތްވަރުގެ ބަސްކޮޅަކުންނެވެ. އެއީ ތެދުވެރިންނަށް ކައިވެނި ރޫޅުމަކީވެސް، ދުވަސްކޮޅަކު އެކަނި ހުންނަން ޖެހުމަކީވެސް ލައްވަވާ ރަޙްމަތެކެވެ. ނުކުންނަން ޖެހުނު ގޭގެ ބަދަލުގަ މާފުރިހަމަ ގަނޑުވަރަކަށް ވައްދަވާނެތެވެ. އިން ޝާ ﷲ 

މިބަހުގެ މާނައަކީ ކުރިއަށްވުރެ މާއުފާވެރި ދިރިއުޅުމެއް މިންވަރުކުރައްވަވާނެ ކަމެވެ. ނަމަވެސް އެކަމަސް އެދިގެން ކެތްތެރިވާ އަޅުންނަށެވެ. 

ކައިވެނި ރޫޅުމަށްފަހު މަގުން ކައްސާލައިގެންދާ ގިނަ މީހުން، ޚާއްޞަކޮށް ގިނަ އަންހެނުންނަށް އެޙާލަތު މެދުވެރިވަނީ ޝައިޠޯނާގެ ބަހަށް ހެއްލެވޭތީ އެވެ. އުފާވެރިކަން ލިބޭނީ ޝައިޠޯނާ ބުނާ ގޮތަށް ކަންތައްކޮށްގެން ކަމަށް ޤަބޫލުކުރެވޭތީއެވެ. 

މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ކެތްތެރިވެގެންނެވެ. ކެތްތެރިވާންޖެހޭ މުއްދަތު ދިގުލައިގެންވެސް ހިނގައިދާނެއެވެ. މިސާލަކަށް ބަލާށެވެ! އެއްވެސް ކުށެއް ނުކުރެއްވެވި ނަމަވެސް 7 އަހަރުވަންދެން ހުރަގޭގައި ހުންނަވަން ޔޫސުފްގެފާނަށް ޖެހިވަޑައިގެންނެވިއެވެ. 

ބައެއް މީހުންނަށް ހީކުރެވެނީ ކެތްތެރިވާންޖެހޭ މުއްދަތު ދިގުލައި ދިއުމުން ﷲ ތަޢާލާ ތިމާ އާއި ރުހިވޮޑިނުގަންނަވަނީ ކަމަށެވެ. ސުވާލަކީ ޔޫސުފްގެފާނުދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިނުގަންނަވަނީ ހެއްޔެވެ؟ އެހެންނަކުން ހަމަހިލާ ނުވާނެއެވެ. ޔޫސުފްގެފާނުދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާވަރު ކީރިތި ޤުރްއާނުން އެއޮތީ އެނގޭށެވެ. 

ވީމާ ކައިވެނި ރޫޅި، އަލުން ކައިވެންޏެއް ނުކުރެވި ދުވަސްކޮޅަކު މަޑުކުރަންޖެހުމަކީ އެއްވެސްހާލެއްގައި މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ. އެއްވެސް ހިތްދަތިކަމެއް އަބަދަކަށް ދެމިނުއޮންނާނެއެވެ. ނިމުން އަންނާނެއެވެ. ކޮންމެ މުޞީބާތަކާށއިއެކު ނިޢްމަތެއްވާނެކަމަށް ޤުރްއާނުގައި އޮތް ވަޙީބަސްފުޅަށް އިތުބާރުކުރާށެވެ! 

ވީމާ ކައިވެނި ރޫޅޭއިރަށް ޤިޔާމަތްވީކަމަށް ބަލައި ޝައިޠޯނާގެ ބަސްތަކަށް ނުހެއްލޭށެވެ. ޢަބުރާއި ޢިއްފަތް ރައްކައުތެރިކުރާށެވެ! ﷲ ތަޢާލާ ދެއްވަވާ ނިޢްމަތް މާމަތިވެރިވާނެއެވެ. ދެން ދެއްވަވާ ފިރިމީހާ/ އަނބިމީހާ މާފުރިހަމަވާނެއެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން