އަހުރެން ޢާންމު ގޮތެއްގައި 3.30 ގައި ހޭލަމެވެ. އަދި ކުރެވެނީ ތަހަޖުދްނަމާދުގެ 2 ރަކްޢަތެވެ. 4 ސަޖިދައެވެ. ކޮންމެ ސަޖިދައެއްގައި 10 ވަރަކަށް މިނިޓް ހޭދަކުރަމެވެ. ގިނަ ވަޤުތު އަހުރެން ހޭދަކުރަނީ އަހުރެންގެމަތިން ހަނދުމަ ނައްތާލައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ.
މިގޮތަށް ކަންތައް ކުރެވޭތާ އަދި މާގިނަ ދުވަސްތަކެއްވެސް ނުވެއެވެ. ނަމަވެސް އަހުރެންގެ ދިރިއުޅުމަށް މިހާރުވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ހެޔޮ ބަދަލުތަކެވެ.
އަހުރެން ބުނެލަން ބޭނުންވަނީ ކޮންމެ މީހަކުވެސް ނިކަން ތަހައްޖުދުނަމާދުކުރަން ފަށައި ސަޖިދަ ދިގުކޮށްލައިބަލާށެވެ. އެމީހަކަށް ކެރިކުޅަދާނަވީ ވަރަކަށެވެ. އަހުރެންވެސް ފަށައިގަތީ 2،3 މިނިޓުންނެވެ. ނަމަވެސް މިހާރު 10 މިނިޓް މަޑުކުރަން އެއްވެސް ބުރަކަމަކަށް ނުވެއެވެ.
މިއީ އަލަށް ތަހައްޖުދު ނަމާދުކުރަން ފެށި މީހެއްގެ ތަޖުރިބާއެވެ. އޭނާ އެކުރާ ގޮތަށް ނުކުރެވުނަސް އެއީ މައްސަލައެއް ނޫނެވެ. ތަޤްވާވެރިކަން އިތުރުވާނީ ކަންކަން ކުރަން މަސައްކަތްކުރުމުންނެވެ. އެއީ ބުރަކަމަކަށްވެދާނެ ކަމަށް ވިސްނައި ނުކުރަން ހުންނަ މީހަކަށް އަބަދުވެސް ޖެހޭނީ ނުކޮށް ހުންނާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން