މިއަހަރުވެސް ފަތުވާ މަހާސިންތާ ބާއްވަނީ، ފެށުމުގެ ރަސްމިއްޔާތު މިރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިއަހަރުވެސް ފަތުވާ މަހާސިންތާ ބާއްވަނީ، ފެށުމުގެ ރަސްމިއްޔާތު މިރޭ!

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ 'ފަތުވާ މަހާސިންތާ' ގެ ދެވަނަ މަހާސިންތާ މިރޭ ފަށާނެއެވެ.  

މި މަހާސިންތާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމެވެ. 

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

2024 ވަނަ އަހަރު ބޭއްވުނު ފަތުވާ މަހާސިންތާގައިވެސް މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާ ޚިޔާލު ބަދަލުކުރައްވާފައެވެ.

 

މިއަދު އޮންލައިން