އަޙްމަދު ރިޟާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އަޙްމަދު ރިޟާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޝަރުޢީ ދާއިރާއާއި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. މަރުޙޫމް ރިޟާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި މެލޭޝިޔާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަޙްމަދު ރިޟާ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރުޢީ ދާއިރާ އާއި އަދި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި އެ އާއިލާއަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަޙްމަދު ރިޟާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރުނަމާދަށް ފަހު މެލޭޝިއާގެ މަސްޖިދު އާރާ ދަމަންސަރާގައެވެ.

މިއަދު އޮންލައިން