އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ފޮރިން މިނިސްޓރ ޑރ. ޚަލީލްއާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ފޮރިން މިނިސްޓރ ޑރ. ޚަލީލްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ހިޒް އެކަސަލަންސީ ކިންޖަރަޕޫ ރާމް މޯހަން ނައިޑު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވާފިއެވެ. 

ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި  އިންޑިއާ ގެ ސިވިލް އޭވިއޭޝަންއަށް، މިނިސްޓަރ ޑރ. ހަލީލް މަރުޚަބާ ދަންނަވާ، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ،  މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޟަތު އަޒީމާ، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ  ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން