ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުއަކީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވެއްޖެއެވެ.
ނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނައިޑު އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭ މަސައްކަތެއްކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްފަހު ހުޅުވިގެން ދިއުމަކީ، ދަތުރުފަތުރުން ރާއްޖޭގެ އުތުރު ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ގުޅުވާލައި، އެ ސަރަހައްދަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ނައިޑު ފާހަގަކުރެއްވިއެވެ.
ނައިޑު ވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ އޮންނާނީ އަބަދުވެސް ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށްކަން ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، "ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު، އިންޑިއާއިން އޮތީ އިންވެސްޓް ކުރުމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކުރުމަށް އަތުގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް. އަޅުގަނޑުމެން އުއްމީދަކީ މިކަންކަން ފަހިކުރަން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެ ޤައުމު ދެމެދު އިންވެސްޓްމެންޓު މުއާހަދާގެ މަސައްކަތްތައް އަވަހަށް ނިމިގެން ދިއުން." ކަމަށެވެ.