އަޛްކާރާ ރުޤްޔާގެ ތަފާތު: ޝައިޚް އާސިމް އަލް ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަޛްކާރާ ރުޤްޔާގެ ތަފާތު: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝެއިޚް އަޅުގަނޑުގެ ސުވާލެއް އެބައޮތެވެ.

އަހަރެންގެ ދަރިފުޅު ބަލިވުމުން ރުޤްޔާކޮށްފިނަމަ، އެކަމުގެ އަސަރު ނިމުމަކަށް އަންނާނެތޯއެވެ. އަޛްކާރާ ރުޤްޔާގެ ތަފާތަކީ ކޮބައިތޯ؟ 

ޖަވާބު:

ތިޔަ ވިދާޅުވި ވާހަކަފުޅުތައް ވަރަށް ރަނގަޅު. އަޅުގަނޑު ތިޔަ ވާހަކަފުޅުތައް އިތުރަށް ފުރިހަމަކޮށް، ތަރުތީބުކޮށްލާނަން. އަޛްކާރާއި ރުޤްޔާއަކީ ދެ ތަފާތު ކަމެކެވެ. މި ދެ ކަމުގެ މަޤްޞަދާއި ބޭނުންކުރާ ގޮތް ތަފާތެވެ. 

އަޛްކާރު:

މިއީ ޤުރުއާނުގެ އާޔަތްތަކާއި ނަބިއްޔާގެ ޙަދީޘްތަކުގެ މަޖްމޫޢާއެކެވެ.

އެއީ ވަކި ވަގުތުތަކެއްގައި ކިޔެވުމަށް ކަނޑައެޅިފައިވާ ޛިކުރުތަކެކެވެ. 

މިސާލު: ހެނދުނާއި ހަވީރު، ނިދަން އޮށޯންނައިރު، ކޮންމެ ފަރުޟު ނަމާދަކަށްފަހު، ގެއިން ނުކުންނައިރު، ފާޚާނާއަށް ވަދެ ނުކުންނައިރު، ކާރަށް އަރާއިރު، ކެއުމުގެ ކުރިންނާއި ފަހުން.

މައިގަނޑު މަޤްޞަދަކީ ގެ ރަޙްމަތްފުޅާއެކު އެކި ބާވަތުގެ ނުބައި ކަންތަކުން ރައްކާތެރިވުމެވެ. 

ރުޤްޔާ: 

މިއީ ޝިފާއަށް އެދި ކުރެވޭ ކަމެކެވެ. ރައްކާތެރިކަމަށް އެދި ކުރާ ކަމެއް ނޫނެވެ.

ވަކި ޙާލަތްތަކެއްގައި ބޭނުންކުރެވެއެވެ. މިސާލު: ވޭނެއް ނުވަތަ ތަދެއް އިޙްޞާޞްކުރަން ޖެހުމުން، ހުން އައުމުން، އެސްފީނާ ޖެހިފައިވާ ކަމަށް ޝައްކުކުރެވުމުން، ޙަސަދަވެރިވެފައިވާ ކަމަށް ބެލެވުމުން، ޞިޙްރުޖެހިފައިވާ ކަމަށް ޤަބޫލުކުރެވުމުން، ހަށިގަނޑަށް ޖިންނި ވަދެފައިވާ ކަމަށް ޝައްކުކުރެވުމުން، ނުވަތަ އެނޫންވެސް ގެއްލުމެއް ލިބިފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައި. 

އެހެންކަމުން، ދަރިންނަށް ހަމައެކަނި ރައްކާތެރިކަމަށްޓަކައި ހެނދުނާއި ހަވީރު ރުޤްޔާ ކުރުމުގެ ބަދަލުގައި އަޛްކާރު ކިޔަވައިދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ރުޤްޔާ ކުރާނީ ބަލިވެ ނުވަތަ އެހެންވެސް ގެއްލުމެއް ލިބިފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައެވެ. 

އުއްމީދު ކުރަނީ މި ތަފްޞީލު އިތުރަށް ސާފުވެއްޖެ ކަމަށެވެ.

 

- ޝައިޚް އާސިމް އަލް ޙަކީމް

 

                   

މިއަދު އޮންލައިން