އަބޫބަކުރު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ.
"ނަމާދުގައި ކޮށްލާނެ ރަގަޅު ދުޢާ އެއް ދަސްކޮށްދެއްވާށެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކިޔާށެވެ.
(اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيم)
މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން، މިއަޅާވަނީ މިއޅާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައެވެ. އިބަ ﷲ މެނުވީ ފާފަފުއްސަވާ ފަރާތެއް ނުވެއެވެ. އިބަ ﷲގެ ޙަޟްރަތުން މިއަޅާގެ ފާފަ ފުއްސަވާ މިއަޅާ އަށް ރަޙްމަތްލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް