ކިތަންމެ ގާތް އެކުވެރިއެއްނަމަވެސް އޭނާއަކީ ކާފިރަކުނަމަ ބައްދަލުވުމުން ސަލާމްކުރުމުގައިވެސް އަދި ކުރެވޭ މުޢާމަލާތުގައިވެސް އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ގާތް އެކުވެރިއެއްނަމަވެސް އޭނާއަކީ ކާފިރަކުނަމަ ބައްދަލުވުމުން ސަލާމްކުރުމުގައިވެސް އަދި ކުރެވޭ މުޢާމަލާތުގައިވެސް އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ނުކުރެވޭނެ!

އަހުރެމެންގެ ތެރެއިން ގިނަ ބައެއްގެ އެކުވެރިންގެ ގޮތުގައި ކާފިރުން އެބަތިއްބެވެ. އެއީ މައްސަލައެއް ނޫނެވެ. މިއުންމަތުގެ މައިކަމަނާ ޢާއިޝަތުގެފާނުވެސް ޔަހޫދީ އަންހެނުން އެކުވެރިންގެ ގޮތުގައި ގެންގުޅުއްވެވީތީއެވެ.  

އެފަދަ މީހަކަށް ހެޔޮ އެދިގެން ބަސްބުނުމުގައި ވިސްނަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ކާފިރުންނާއި ބައްދަލުވުމުން ސަލާމްކުރުމުގައިވެސް އަދި ކުރެވޭ މުޢާމަލާތުގައިވެސް ކާފިރުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ނުކުރެވޭނެއެވެ! އެއީ ﷲ ތަޢާލާއަށް އީމާންވެގެން ތިބޭ މުސްލިމުންނަށް ކުރަން އޮތް ދުޢާއެކެވެ.  

އެހެން ނަމަވެސް ކާފިރުންތަކެއްގެ ތެރޭގައި މުސްލިމަކު ހުރިނަމަ ސަލާމް ކުރުމުގައި އެމީހާއަށްޓަކައި އެފަދައިން ސަލާމްކުރެވިދާނެއެވެ. އަދި ދުޢާވެސް ކުރެވިދާނެއެވެ.  

ކާފިރު އެކުވެރިން ތިބިނަމަ ނުވަތަ ކާފިރުންނަށްޓަކައި ހުއްދަވެގެންވަނީ އެމީހަކަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ. ދުނިޔޭގެ ހުރިހާ ކާފިރުންނަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރެވިދާނެއެވެ. އެއީ އަކީ އެއްވެސް މައްސަލައެއް ނޫނެވެ.  

މިޘާލަކަށް ކާފިރުން ކިޔާފަދައިން ގުޑްމޯނިންގ ކިޔައި ރަނގަޅު ހެނދުނަކަށް ނުވަތަ ގުޑްޑޭ ކިޔައި ރަނގަޅު ދުވަހަކަށް އެދެވިދާނެއެވެ. ނަމަވެސް ވަޤުތުގައި ނުވަތަ ދުވަހުގައި ކާފިރަކަށް ރައްކައުތެރިކަމާއި ސަލާމަތްކަން ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެއް ނެތެވެ. އެހެނަސް ކުރިން ބުނި ފަދައިން އޭނާ ތެދުމަގު ދެއްކެވުމަށް އެދެވިދާނެއެވެ. އެދެންވެސްވީއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ކުރަން ރަނގަޅުވެސް ކަމެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން