ޢާއިލާގެ ފަޤީރުކަމުން ފުރައްސާރަކުރި މީހާ މުޅި ޢާއިލާގެ ޒިންމާ އަމިއްލައަށް އުފުލަން މެދުވެރިވި ސަބަބު- މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޢާއިލާގެ ފަޤީރުކަމުން ފުރައްސާރަކުރި މީހާ މުޅި ޢާއިލާގެ ޒިންމާ އަމިއްލައަށް އުފުލަން މެދުވެރިވި ސަބަބު- މުހިންމު ފިލާވަޅެއް!

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންނަށް ފުރައްސާރަ ކުރެވިއްޖެނަމަ، އެފަދަ އަޑެއް އިވިއްޖެނަމަ ފުންމައިގަނެވޭ ބައެކެވެ. ކެތްތެރިވެލެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންކަމުން މިގެނެސްދެނީ ޢިބްރަތްތެރި ފިލާވަޅެކެވެ.  

ފަޤީރު ޢާއިލާއަކުން އެމީހުންގެ އެންމެ ހަގު ދަރިފުޅަށް 5 އަހަރުފުރުން ފާހަގަކުރަން ފެންވަރު ރަނގަޅު ރެސްޓޯރަންޓަކަށް ދިއައީ އެތައް މަހެއް ވަންދެން އެކަމަށް ފައިސާ އެއްކޮށްގެންނެވެ. ދުވަހަކުވެސް އެބާވަތުގެ ތަނަކަސް ނުދާތީ އަގުތަކެއް ނުއެނގެއެވެ. މެނޫ ގެނައުމުން އަގުތައް ބެލިއިރު އަތުގައި ހުރި ފައިސާއަކުން ނުފުދެއެވެ. 

އަތުގައި ހުރި ފައިސާއިން ނުފުދޭތީ  ނުކުމެއްޖެ ނަމަ ކުއްޖާ ވަރަށް ދެރަވާނެތީ ބަލަމުން ދިއައީ އެންމެ އަގުހެޔޮ އެއްޗަކީ ކޮބައިތޯއެވެ. އަތުގައި ހުރި ފައިސާއިން ފުދޭނީ ކޮން އެއްޗެއް ކައިގެންތޯއެވެ. 

ޢާއިލާއިން ދެއްކި ވާހަކަ އަޑުއިވޭ ހިސާބުގައި ހުރި މޭޒެއްގައި ތަނަވަސް މީހަކު ރައްޓެހިންނާއިއެކު އިނެވެ. ފަޤީރު ޢާއިލާއިން ދައްކާ ވާހަކަ އަޑުއިވުމުން މަލާމާތުގެ ހިނިތުންވެލާފައި ބުނެލެވުނެވެ. "ނިކަން އެމީހެއްގެ ފެންވަރުގެ ތަންތަނަށް ވަދެ ކާން އުޅެބަލާށެވެ!" 

އެއަޑު އިވުމުން ފަޤީރު ޢާއިލާ ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. ތަނުން ނުކުންނަން ބޭނުންވިއެވެ. ނަމަވެސް ކެތްތެރިވެލައިގެން ތިބީއެވެ. ކޮންމެ ކަމަކަށްވެސް ކެތްތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. 

އިރުކޮޅަކުން އެ ތަނަވަސް މީހާ ފަޤީރު ޢާއިލާ ތިބި މޭޒަށް ދިއައެވެ. އަދި ގޮނޑިއެއް ކައިރިކޮށްލައިގެން އެމީހުންނާއި ބައިވެރިވިއެވެ. އަދި ބުންޏެވެ. "ވިސްނާ ނުލައި އަހަރެންނަށް ބުނެވުނު ބަހަކީ ވަރަށް ކުށް ބަހެކެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދެމެވެ. އަހަރެން މިއައީ މިމޭޒުގައި ބައިވެރިވާށެވެ. ކާނެ އެއްޗެއް ކާށެވެ! ބިލްދައްކާނީ އަހަރެންނެވެ. އަދި މި ކުޑަ ދަރިފުޅު ކިޔަވާނެ ވަރަކަށް ކިޔެވުމުގެ ހުރިހާ ޚަރަދަކާވެސް ޙަވާލުވެއްޖައީމެވެ. މިއޮތީ އަހަރެންގެ އެޑްރެސް ކާޑެވެ. ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ގުޅާށެވެ. ޢާއިލާގެ މީހަކަށް ވަޒީފާއެއް ބޭނުންވި ނަމަވެސް ގުޅާށެވެ! މިވަގުތުން ފެށިގެން ތިއައީ އަހަރެންގެ އަޚުންނެވެ. 

އަހަރެންނަށް އެހެން ބުނެވުނީ އެއީ މަޖަލަށާ ޖެއްސުމަށް ރައްޓެހިންނާ ދިމާއަށް ބުނެއުޅޭ ބަހަކަށްވާތީ އެވެ. އެއްވެސް ޙާލެއްގައި ޢާއިލާގެ ނިކަމެތިކަމަށް މަލާމާތްކުރާކަށް ނޫނެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ!"

ވިސްނައިލާށެވެ! ކޮންމެ ދުވަހަކު މިބާވަތުގެ ތަފާތު އެތައް ބައިވަރު ކަންކަން ދުނިޔޭގައި އެބަ ހިނގައެވެ. މީހަކު ފުރައްސާރައިގެ ބަހެއް ބުނި ނަމަވެސް ރައްދުނުދޭށެވެ. މިހާދިސާފަދައިން ދުނިޔޭގައި އެކަން ރަޙްމަތަކަށް ނުވި ނަމަވެސް ޤިޔާމަތް ދުވަހު އެކަން ވާނީ ވަރަށް ބޮޑު ރަހްމަތަކަށެވެ. އިން ޝާ ﷲ

މިއަދު އޮންލައިން