"ފިރިމަރުވެފައިވާ އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވާން މަސައްކަތް ކުރާ މީހުންނަކީ اللهގެ މަގުގައި ޖިހާދު ކުރާ މީހެއްފަދަ ބައެކެވެ." (ޙަދީޘް)
އެމަތިވެރި ދރަޖަ، އެ ރަހްމަތް ބޭނުންނަމަ ނިކަމެތި އަންހެނުންނަށް އެހީވުމުގައި އަމިއްލައެދުން ނުވައްދާށެވެ. ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ކަންކަންކޮށްދޭށެވެ! ކަންކަންކޮށްދިނުމަށްފަހު ފޯނުން ގުޅައި މައްލަވަކުރުމާއި އެއަށްވުރެ މައްޗަށް ދާން ކަންކަން ނުކުރާށެވެ. އެއިރުން ޖިހާދުކުރި މީހެއްގެ ަދަރޖައިން އެ ވެއްޓިގަނެވެނީ ފާފަކުރި މީހެއްގެ ދަރަޖައަށެވެ. ސުވަރުގޭގެ ބަދަލުގައި އެދެވެނީ ނަރަކައާއި ދިމާއަށެވެ!
ޙަދީޘްފުޅުގައި އެވަނީ ހުވަފަތް އަނހެނުންގެ ވާހަކައެވެ. ހުވަފަތްވެފައި ނެތް ނަމަވެސް ނިކަމެތި އަންހެނަކަށް ހެޔޮކަމެއް ކޮށްދީފައި ބަދަލު ހޯދަން ކަންކަން ކުރެވޭނަމަ އެމީހަކާއިމެދު ކަންކަންވެގެންދާނީ ހަމަ މިބުނި ގޮތަށެވެ.
ކީރިތި ރަސޫލާ ﷺ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން އިޝާރާތް ކުރެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާ މީހާ އާއި ދެމީހުން ސުވަރުގޭގައި ވަނީ މިހާ ކައިރީގައެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަހަރެމެންނަށް އޮތީ މިފަދަ ބަސްފުޅުތަކުން ލިބެން އޮތް އެންމެ ބޮޑަށް ފައިދާ ޙާޞިލުކުރަން މަސައްކަތްކުރުމެވެ.