ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ޖުމްލަ ތިން މީހަކަށް އަނިޔާވި އެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއްވިއެވެ.
އެކްސިޑެންޓްގައި ނިޔާވީ ކ. ދިއްފުށީ، ލައިޓްގާޑަން، ޢުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މަގުމަތީގެ އެކްސިޑެންޓްތަކުގައި ޒުވާނުން ނިޔާވާ ޚަބަރުތައް އިތުރުވަމުންދާއިރު، ދުއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.
އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.