ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ރަށުގަ ނެތީމަ ކޮޓަރީގަ ބޮސްއާއެކު އުފަންދުވަސް ފާހަގަކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ރަށުގަ ނެތީމަ ކޮޓަރީގަ ބޮސްއާއެކު އުފަންދުވަސް ފާހަގަކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ އުޚުތެއް ފަދަ އަންހެނަކު ކައިވެނިކޮށް ދިރިއުޅެމުން ގެންދަނީ ހެޔޮލަފާ ފިރިއަކާއިއެކުގައެވެ. އެކަމަކުވެސް ފިރިމީހާއަށް ބޭވަފާތެރިވެއެވެ. ފަޟީޙަތްވެ ކައިވެނި ރޫޅޭނެކަން ވިސްނައިދިނުމުންވެސް ޤަބޫލެއް ނުކުރެއެވެ. އެހެންވެ އޭނާއަށް ވިސްނައިދޭން ބޭނުންކުރެވިދާނެ ނަޞީޙަތެއް ފަދަ ވާހަކައެއް ގެނެސްދެވިދާނެތޯ؟ 

ކިޔުންތެރިޔާގެ އެކުވެރިޔާގެ ގާތުގައި ބުނާށެވެ! ކުށް ނުވަތަ ފާފަކުރާއިރު އެކަންކަން އަބަދުވެސް ސިއްރުކުރެވޭނެކަމަށް ހީނުކުރާށެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ކޮންމެ ވަޤުތަކުވެސް ހާމަވެދާނެއެވެ. ފަޟީޙަތްވެ މުޅި ޢުމުރަށް ހިތާމަކުރަންވެސް ޖެހިދާނެއެވެ. އެފަދަ ފާފަތައް ކުރުވާފައި ގިނަ ފަަހރު އެކަން ބޭޒާރުކުރުވާނީވެސް ހަމަ ޝައިޠޯނާއެވެ. އޭތީގެ މަޤްޞަދު ޙާޞިލުކުރެވޭނީ އެއިރުްނަކަމސްވާތިއެވެ. 

އަދި ތިރީގައިވާ ވާހަކަވެސް ކިޔައިދޭށެވެ! ޢިބްރަތްތެރި ފިލާވަޅަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. މަސައްކަތުން އެނބުރިގެއަށް އައުން ލަސްވާން ފަށައިފިއެވެ. އަހަރެންގެ ކަންކަމަށް ފަރުވާ ކުޑަކުރަން ފަށައިފިއެވެ. މިކަންކަމުގެ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ބުނަނީ މަސައްކަތް ބުރަވަނީ ކަމަށެވެ. އޮފީހުގައި ގިނަ ވަގުތު ހޭދަކުރަންޖެހެނީކަމަށެވެ. ގެއަށް އާދެވޭއިރު ވަރުބަލިވެފައި ހުންނަވަރުން އަހަރެންނަށް ދޭންޖެހޭ ސަމާލުކަން ނުދެވެނީ ކަމަށެވެ. 

ކޮންމެއަކަސް އެވާހަކަތައް އަހަރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ދައްކާނެ ހެއްކެއް ނެތުމުން މަޑުން ހުރީއެވެ. 

އަހަރެމެންގެ ކައިވެނިކުރެވުނީ އަނބިމީހާގެ މައިންބަފައިންގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކުގައެވެ. މާނައަކީ އެމީހުން ވަރަށް ހިތްވަރުދިނެވެ. އަދި ދުވަހަކުވެސް އަނބިމީހާ ވަރިނުކުރަން ކަމަށާއި އޭނާގެ ހިތުގައި ޖެހޭނެއެއްވެސް ކަމެއް ނުކުރަން އަހަރެންލައްވާ އެތައް ފަހަރަކު ވައުދުވެސް ކުރުވިއެވެ. އަހަރެން ހުރީ އެ ވައުދުގެ މަތީގައެވެ. އަނބިމީހާގެ ލޯބީގެ އިތުރުން އަނބިމީހާގެ ޢާއިލާގެ ލޯތްބާއި އިތުބާރު ހޯދަންވެސް އަހަރެން އައީ މަސައްކަތްކުރަމުންނެވެ. އެކަން ވަރަށް ރަނގަޅަށް ޙާޞިލުވެސް ކުރެވުނެވެ. 

ކައިވެނީގެ ދެވަނައަހަރު އަނބިމީހާގެ އުފަންދުވަހާއި ދިމާކޮށް އޮފީސް ދަތުރެއްގައި ރާއްޖެތެރެއަށް ދާންޖެހޭ ކަމަށް އަނބިމީހާ ގާތު ބުނެ އެދުވަހުން "ފުރަން" ގެއިން ނުކުތީމެވެ. ފުރައިގެން ދިއައީ ހުޅުމާލެއިން މާލެއަށެވެ. އަނބިމީހާގެ ގެއަށެވެ. އަނބިމީހާގެ މައިންބަފައިން ގާތުގައި ބުނެފައި އޮންނާނީ އެރޭ 12 ޖަހަންދެން އެގޭގައި ހުންނާނެ ކަމަށާއި 12 ޖަހާއިރު އެންމެން އެކުގައި އަހަރެމެން ދިރިއުޅޭ ފްލެޓަށް ގޮސް އަނބިމީހާއަށް ބޮޑު ސަރޕްރައިޒެއް ދޭނީކަމަށެވެ. އެގޭގައި އަހަރެން ފިލައިހުރީ މައިންބަފައިން އެކަމަށް އުފަލުން ރުހި އެއްބާރުލުން ދިނުމުންނެވެ. 

އެރޭ 12 ޖަހަން 5 މިނިޓަށްވެފައި ހުއްޓާ އަނބިމީހާގެ މައިންބަފައިންނާ ކޮއްކޮމެންނާއި ދައްތަމެން އަދި ބޭބެމެންނާއިއެކު ވޭނެއްގައި އުފަންދުވަހުގެ ހަދިޔާތައްވެސް ހިފައިގެން އަހަރެމެންގެ ފްލެޓަށް ގޮސް ވަރަށް ސިއްރުން ދޮރުހުޅުވީމެވެ. އަދި އެންމެން އެކުގައި ކޮޓަރި ކައިރިއަށް ގޮސް ވަރަށް ސިއްރުން އަހަރެންގެ ތަޅުދަނޑިން ދޮރުހުޅުވީމެވެ. 

އެންމެންނަށް ފެނުނު މަންޒަރުން ޖެހުނީ ލޯމަރާށެވެ! އަނބިމީހާ އޭނާގެ ބޮސް އާއިއެކު އެއްވެސް ފޭރާމެއް ނެތި އުފަންދުވަސް ފާހަގަކުރަނީއެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ތަކުން އަބަދުހެން ކިޔަން މިޖެހެނީ އަންހެނުންނަށް ފިރިހެނުން ކުރާ އަނިޔާގެ ވާހަކައެވެ. ފަހަރެއްގައި ފިރިހެނުން، އެމީހުންގެ ވާހަކަތައް ކިޔައި ނުދެނީ ކަމަށްވެދާނެއެވެ. އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑަށް ކަންތައްތައް މެދުވެރިވި ގޮތުގެ ވާހަކައެވެ. އިތުރަށް އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ.

 

- ރިޝްވާން/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން