ތިބާއަށް ފެނުނު ހުވަފެނެއް ޙަޤީޤަތަކަށް ވެއްޖެނަމަ އެއީ ކިހާ ބޮޑުކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާއަށް ފެނުނު ހުވަފެނެއް ޙަޤީޤަތަކަށް ވެއްޖެނަމަ އެއީ ކިހާ ބޮޑުކަމެއްކަން އެނގޭތަ؟

ފެންނަ ހުވަފެން ޙަޤީޤަތަކަށްވުމަކީ މަދުވެރިވާ ކަމެއް ނޫނެވެ. ގިނަ ބައަކަށް ކުރަން ލިބޭ ތަޖުރިބާއެކެވެ. މާނައަކީ ގިނަ ބައަކަށް އެކަން މެދުވެރިވެއެވެ. ނަމަވެސް މަދު މީހަކަށް ނޫނީ އެކަމާއިމެދު ވިސްނައެއް ނުލެވެއެވެ.  

ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ޝައިޠޯނާއަށްވެސް ހުވަފެން ދެއްކިދާނެއެވެ. ނަމަވެސް އެހުވަފެނަކީ ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެކަމުގެ ބާރު ﷲ ތަޢާލާ ޝައިޠޯނާއަށް ދެއްވަވާފައި ނުވާތީއެވެ.  

ހަމައެއާއިއެކު ތިބާއަށް މެދުވެރިވާނެ އެއްވެސް ކަމެއްވެސް ޝައިޠޯނާއަކަށް ނުއެނގޭނެއެވެ. ވީމާ ތިބާއަށް މެދުވެރިވާނެ ކަމެއް ހުވަފެނުގައި ދެއްކުމަކީ ޝައިޠޯނާއަށް ކުރެވޭނެކަމެއް ނޫނެވެ. 

އެހެންކަމުން ތިބާއަށް ފެނުނު ހުވަފެނާއި އެއްގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ އެހުވަފެނަކީ ﷲ ތަޢާލާގެ ޙަޟްރަތުން ފެނުނު ހުވަފެނެކެވެ. އެއީ ރަނގަޅުކަމެއް ނަމަވެސް އަދި ދެރައެއް ނަމަވެސްމެއެވެ.  

ވީމާ ތިބާއަށް ފެނުނު އެއްވެސް ހުވަފެނެއް ޙަޤީޤަތަކަށް ވެއްޖެނަމަ އެއީ ކުޑަކުޑަ ނުވަތަ އާދައިގެ ކަމެއް ކަމަށް ނުދެކޭށެވެ! ތިމާގެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ތިމާއަށް އެއްވެސް ކަމެއް ގޯސްކޮށް ކުރެވެމުން އަންނަނަމަ އެކަމެއް އަވަހަށް އިޞްލާޙްކުރާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ!  

ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރަސޫލްކަން ދެއްވަވައި ވަޙީ ބާވައިލައްވަވަން ފެށްޓެވީ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. އެއިގެ 2 އަހަރުކުރިން ފެށިގެން ވަރަށް ގިނަ ހުވަފެންފުޅުތައް ދެއްކެވިއެވެ. އެރެއަކު ފެނިވަޑައިގަންނަވާ ހުވަފެންފުޅު އަނެއް ދުވަހު ޙަޤީޤަތަކަށްވެއެވެ. އެކަން ވެގެން ދިއައީ ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ވިސްނައިވަޑައިގަތުން ގިނަ ކުރެއްވެވި ސަބަބަކަށެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން