ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވި ޑޮކްޓަރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވި ޑޮކްޓަރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވައިފި

ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވި ޑޮކްޓަރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވައިފިއެވެ. މި ފިލާ ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ޑޮކްޓަރ އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ޑޮކްޓަރ ޢާމިނަތު ޒާހިރު ހޯއްދަވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޑޮކްޓަރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ.

މިއަދު އޮންލައިން