ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ. މި ތަހުނިޔާ އެކަމަނާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވަމުންނެވެ.
މި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނާ މުޚާތަބު ކުރައްވައި ސާޖިދާ ވިދާޅުވީ، "ދިވެހި ލޮބުވެތި ރައްޔިތުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު، ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަނީ، އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖްތަމަޢެއް މި ލޮބުވެތި ވަޠަންގައި އަބަދުމެ ދެމިއޮތުމަށް އެދި ހެޔޮ ދުޢާކުރަމުން."
ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރުމެވެ.