ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުން: ޞާލިޙް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުން: ޞާލިޙް

ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ކުރެއްވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމަށް ކުރެއްވި މަސައްކަތްތައް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ނިޝާން މުލީގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ވިޔަފާރީގެ ދާއިރާގައި ދިވެހި ރައްޔިތުން ބައިވެރިކުރުވުމަށް ކުރެއްވި މަސައްކަތްތަކަކީ ޤައުމަށް ޓަކައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވިގޮތުގައި، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތުގައި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތައް އެދާއިރާގައި އެންގޭޖްކުރުވުމާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މި މަސައްކަތުގައި ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބައިވެރިކޮށް، އެކަން މުޖުތަމަޢުގައި ބަލައިގަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޞާލިޙް ވިދާޅުވީ، މިހާރު އިޤްތިޞާދު ކުރިއަށްދާގޮތުން ޤައުމުގެ އިޤްތިޞާދު ހުރީ މުހިއްމު އަދި ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، އިޤްތިޞާދީ ކުރިއެރުމަށް ޓަކައި މީހުން ބިނާކުރުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

ޞާލިޙް އިތުރަށް ވިދާޅުވީ، މީގެކުރީގައި ކަންކަން ހިންގަމުން އައިގޮތާއި ޚިލާފަށް މިހާރު، ސިޔާސަތުތައް އެކުލަވާލުމުގައާއި އެހެނިހެން ކަންކަމަށް ބަލާއިރުވެސް ކަންކަން ބައްޓަންވަމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ދިވެހީން ތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް ވިސްނުމަށް ގެންނަމުންދާ ބަދަލުތަކާއި، މީހުންގެ ނަފްސުގެ ޤާބިލުކަމަށް ވާޞިލުވެ، އޭގެ ބޭނުންކުރަމުން ކުރިއަށްދަނީ ޤައުމު އައު މިސްރާބަކަށް ގެންދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން