ޑރ.ޝަހީމް ޙައްޖު މުބާޝިރު އިނީޝިއޭޓިވްގެ ސީއީއޯ އަބްދުލްކަރީމް ޖާދުއާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޑރ.ޝަހީމް ޙައްޖު މުބާޝިރު އިނީޝިއޭޓިވްގެ ސީއީއޯ އަބްދުލްކަރީމް ޖާދުއާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދަވާ ޙައްޖު މުބާޝިރު އިނީޝިއޭޓިވްގެ ސީއީއޯ އަބްދުލްކަރީމް ޖާދުއާއި ބައްދަލުކުރައްވައިފިއެވެ.

ޙައްޖު މުބާޝިރު އިނީޝިއޭޓިވްއަކީ އެހެން ޤައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ޤައުމުތަކުން ބޭނުން ކުރެވޭ ގޮތް ހެދުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދަވާ ޚާއްސަ ޕްރޮގުރާމެކެވެ.

މިއަދުގެ ބައްދަލުވުމުގައި މި ޕްރޮގުރާމުގައި ދިވެހިރާއްޖެ ހިމެނުއްވުމާއި ގުޅޭ ގޮތުން ދެބޭފުޅުންގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މިކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ކޮމިޓީއާއި މިއަދު ބައްދަކުރައްވާފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދިވެހިރާއްޖެއަށް ދާޢިމީކޮށް ދެއްވުމަށް ސަޢުދީ ސަރުކާރުން ނިންމަވާފައިވާކަން މިއަދު ވަނީ ހާމަކުރައްވާފައެވެ.

ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން