ދިވެހިރާއްޖެއާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ދިވެހިރާއްޖެއާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހިމް، އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ގަޖެންދުރަ ސިންގް ޝެކާވަތުއާ ބައްދަލުކުރައްވައި، ދެޤައުމު ދެމެދު ފަތުރުވެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މުހިންމު ބައްދަލުވުން އޮތީ #UNTGA26 ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެވަޒީރުން ވަނީ ދެޤައުމު ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އާ އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ތަމްރީނު އަދި ފަންނީ ހުނަރު ބަދަލުކުރުމުގެ ފުރުސަތުތައް ދިރާސާކުރުމާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި މަޝްވަރާތަކުގެ މަޤުޞަދަކީ، ދެޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެފަރާތުން ވެސް ފައިދާވާނެ ގޮތަކަށް ގުޅުންތައް ބަދަހިކޮށް، ދެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން