މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ރ. އަތޮޅަށް ޚާއްޞަކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ ތެރެއިން މި ފަރުމަސްވެރިކަމުގެ މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތާ ގުޅޭ އާއްމު ގަވާއިދު ވަނީ މި އިޢުލާނާ އެއްކަރުދާސްކޮށް އާންމުކުރެވިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރެއްވުމަށް ފަހު، 20 ނޮވެމްބަރު 2025 ވާ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނިމުމަކަށް އަންނާނީ މި ތާރީޚަށް ފަހުއެވެ.

މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، 3339225 ނުވަތަ 3339272 މި ނަންބަރުތަކަށް ގުޅުއްވުމަށް ވުޒާރާއިން ވަނީ އެދިފައެވެ. މި މުބާރާތަކީ ރ. އަތޮޅުގެ މަސްވެރިންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މިއަދު އޮންލައިން