މިސިފަތައް ހުރި އަންހެނުން ޝެއާކޮށްލާތި! މިބާވަތުގެ އަންހެނަކާ ކައިވެނިކޮށް ހެޔޮގޮތުގަ ދިރިއުޅޭނަމަ ޢުމުރު ދިގުވާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 6މ 37ސ
މިސިފަތައް ހުރި އަންހެނުން ޝެއާކޮށްލާތި! މިބާވަތުގެ އަންހެނަކާ ކައިވެނިކޮށް ހެޔޮގޮތުގަ ދިރިއުޅޭނަމަ ޢުމުރު ދިގުވާނެ! އިން ޝާ ﷲ

ސިއުޒާ

 

މި ފާހަގަ ކޮށްލާ ވައްތަރުގެ އަންހެނުންނާ ކައިވެނިކޮށް ހެޔޮ ގޮތުގައި ދިރިއުޅޭނަމަ ތިބާގެ އުމުރު ދިގުވާނެއެވެ. 

1. އޯގާތެރި އަދި ކަންކަން ބުނެދޭ އަންހެނުން: 

އިންސާނިއްޔަތު ކަމަކީ ސުލްހަ މަސަލަސްކަން އުފެދި ބޮޑުވާ ވެލިގަނޑެވެ. އެފަދަ އަންހެނަކު ތިބާ، ތިބާގެ އަމިއްލަ ގޭގަ އެކަނި ހުރިހާ ކަމަކާއި ކުރިމަތިލާ އަމިއްލަ ނަފްސު ބިކަވިޔަކަ ނުދޭނެއެވެ. އޭނަ އަޑު އަހާނެއެވެ. އޭނަ ދަސްވެސް ކުރާނެއެވެ. އަދި އެތަނަށް އޭނަ ހޭނޭނެއެވެ. އޭނާ އެއީ އެންމެ ފުރިހަމަ މީހާ ކަމުގައި އޭނާ ނުދެކޭނެއެވެ. އަދި ތިބާއާ ވާދައެއްވެސް ނުކުރާނެއެވެ.  

އެހެނަސް ބުއްދިވެރި ރަނގަޅު ނިންމުންތަކަށް އޭނާ އިހްތިރާމް ކުރާނެއެވެ. އަދި އެހެން މީހުންގެ އިރުޝާދުތަށް ބަލައިގަންނާނެއެވެ. މިފަދަ އޯގާތެރި މީހަކާ ތިބާ ކައިވެނި ކޮށްފިނަމަ، ގޮތްދޫނުކުރުމާއި ހަރުކަށި ކަމުގެ ސަބަބުން ތިބާގެ ބްލަޑް ޕްރެޝަރ މައްޗަށް ދިޔަކަ ނުދޭނެއެވެ. ތިބާގެ ސުލްހަވެރިކަމަކަށް އޭނާގެ ހަރުކަށިކަމުގެ ހިޔަންޏެއް ނޭޅޭނެއެވެ. އޭނާގެ ފަޚުރުވެރިކަން ތިބާ ކައެއް ނުލާނެއެވެ. އޭނާ ހިނގާނީ ތިބާ އާ އެކުގައެވެ. ތިބާއާ އިދިކޮޅަކަށް ނޫނެވެ. އެ އިންސާނިއްޔަތުކަން ތިބާގެ ޙަޔާތަށް އެތައް އަހެއް އިތުރު ކޮށްދޭނެއެވެ. ސަބަބަކީ އޭރުން ތިބާ އުޅެމުން ދާނީ ވަރަށް އަންޑަސްޓޭންޑިންގް މާހައުލެއްގައެވެ. ނިމުމެއް ނެތް ހާސްކަމުގެތެރެއަކު ނޫނެވެ.  

2. މާފަށް އެދޭ އަދި މާފު ކުރާ އަންހެނުން: 

ގޮތްދޫނުކުރާ، ދުވަހަކުވެސް "އަހަންނަށް މާފްކުރޭ" އޭ ނުބުނާ ބަޔަކު ދާދި އަވަހަށް އެއްބަޔަކު އަނެއްބަޔަކު ހަލާކު ކޮށްލާނެއެވެ. މާފަށް އެދެން ދަންނަ އަންހެނަކީ ޖަވާހިރެކެވެ. އެފަދަ އަންހެނަކު ސުލްހަވެރިކަމަށް އެޅޭ ހުރަހަކަށް އޭނާގެ ބޮޑާކަން ވިޔަކަ ނުދޭނެއެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސުގެ ޤަދަރަށް ވުރެ ގުޅުންތައް މާ މުހިއްމު ވާނެއެވެ. އަދި ތިބާ އޭނާ ދެރަކޮށްފިނަމަ އޭނާ ތިބާ ދެރަކޮށް އަނިޔާއެއް ދިނުމުގެ ބަދަލުގައި ތިބާއަށް މާފް ކުރެއެވެ.  

ގިނަ ކައިވެނިތައް ނިމިގެންދަނީ ކީއްވެކަން ތިބާއަށް އެނގޭތަ؟ ސައިލެންޓް ޓްރީޓްމެންޓް، އެކަކު އަނެކަކާ ޖައްސާލުން، އަދި ރުޅިވެރިކަން. މި ކަންތައްތައް ތިބާގެ ހިތް ކާލަނީ ޒަހަރެއް ފަދައިންނެވެ.  

މާފަށް އެދޭ އަދި މާފް ކުރާ އަންހެނަކާ ތިބާ ކައިވެނި ކޮށްފިނަމަ ތިބާއަށް މިނިވަންކަމާއެކު ނޭވާ ލެވޭނެއެވެ. ތިބާގެ ގެ ވެގެންދާނީ ބަދަލު ހިފުމަށް މަސެއްކަތް ކުރާ ކޯޓަކަށް ނޫވެ. އެހެނަސް ޒަޚަމްތަކަށް ފަރުވާ ލިބޭ ތަނަކަށެވެ. އެފަދަ ލޯބީގެ ސަބަބުން ހާސްކަން ފިލައިގެން ދެއެވެ. ހާސްކަން ފިލައިގެން ދިޔުމުގެ މާނައަކީ ދިގު އުމުރެކެވެ.   

3. އެހެން ފިރިހެނަކައި ގުޅުމެއް ނުވާ އަންހެނުން:  

ތެދުވެރިކަމަކީ ދިރުމެވެ. ފިރިހެނަކު ކަތިލާލެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ ބޭވަފާތެރިކަމެވެ. އަންހެނަކު ބޭވަފާތެރި ވެއްޖެނަމަ އެކަމުގެ ސަބަބުން ފިރިހެނެއްގެ ހިތް ފުނޑު ފުނޑުވެގެން ދާނީ ބަހަކުން ބަޔާން ކޮށް ނުދެވޭ ފަދަ ގޮތަކަށެވެ. ފުރިހަމައަށް ތެދުވެރި އަންހެނަކާ، އެ އަންހެނެއްގެ ލޯބި ފައިސާއިންނާއި ފޮނި ބަސްތަކުން ނުގަނެވޭ އަދި އެހެން ފިރިހެނުންގެ ސަމާލުކަމަށް ނުގަނެވޭނެފަދަ އަންހެނަކާ ތިބާ ކައިވެނި ކޮށްފިނަމަ ތިބާއަށް ހަމަޖެހިލައިގެން ދެލޯ މަރާލައިގެން ނިދާލެވޭނެއެވެ. މިފަދަ އަންހެނުން އަގުކުރެވެނީ ފަސޭހަކަމަކުން ނޫނެވެ. އެއްބަސް ވުމަކުންނެވެ. އޭނަ ތެދުވަރިވަނީ އެހެން ފިރިހެނުން ރީތި ނޫން ވީމައެއް ނޫނެވެ. އެހެނަސް އޭނާގެ ލޯތްބާއި އޭނާގެ އުސޫލުތައް ދަހިވެތިކަމަށްވުރެ ވަރުގަދަވީމައެވެ. އޭނައާއި އެކު ތިބާއަކަށް ތިބާގެ ހަކަތަ ކުށްހީތަކާ ހަނގުރާމަ ކުރުމަކަށް އަދި ދުރު ހިލޭ މީހުންނާ އަޅާ ކިޔުމުގައި ބޭކާރު ކޮށްލާކަށް ނުޖެހޭނެއެވެ. ތެދުވެރި ލޯބީގެ ސަބަބުން ސުލްހަވެރިކަން ޤާއިމްވެއެވެ. އަދި ސުލްހައިގެ ސަބަބުން އުމުރު ދިގުވެއެވެ. 

4. ނާމާދު ކުރާ އަންހެނުން: 

ރީތިކަން ނެތި ދެއެވެ. ފައިސާ ލޮޅުން އަރައެވެ. އެހެނަސް ނަމާދަށް ރައްކާތެރިވާ އަންހެނަކުން ފިރިހެނެއްގެ ދިރިއުޅުން އެއްހަމައެއްގައި ހިފަހައްޓާލައެވެ. ނަމާދަށް ރައްކާތެރިވާ އަންހެނަކާ ތިބާ ކައިވެނި ކޮށްފިނަމަ، ތިބާ އެ އިންނަނީ ހަމައެކަނި މަސްގަނޑަކާއެއް ނޫނެވެ. ﷲގެ ހަޟްރަތުން ލިބޭ ރައްކާތެރިކަމަކާއެވެ. ބަލިވެއްޖެ ނަމަ އޭނާގެ ދުޢާއިން ތިބާއަށް ދިރުން ލިބެއެވެ. ދުޝްމަނުން އަރައިގެން އަންނަހިނދު އޭނާގެ ދުޢާއިން ތިބާ ޙިމާޔަތް ކުރެއެވެ. ދޮރުތައް ލެއްޕޭ ހިނދު އޭނާގެ ދުޢާއިން އެ ދޮރުތައް ހުޅުވާލައެވެ.  

ނަމާދަށް ފަރުވާތެރި ނުވާ އަންހެނަކު ތިބާ ބޭޒާރު ވެގެން ދާން ދޫކޮށްލައެވެ. އެހެނަސް ނަމާދަށް ރައްކާތެރިވާ އަންހެނަކު ތިބާ ދިފާޢު ކުރުމުގައި ސާބިތުވެހުރެއެވެ. އެފަދަ އަންހެނަކު ހަމައެކަނި މާއްދީގޮތުން ތިބާގެ އުމުރު ދިގުކޮށްދޭނީއެއް ނޫނެވެ. ރޫޙާނީ ގޮތުންވެސް ތިބާގެ އާޚިރަތް ޙިމާޔަތް ކޮށްދެއެވެ. އޭނާއާއި އެކު ތިބާ ހަމައެކަނި ދިގު މުއްދަތަކަށް އުޅޭނީއެއް ނޫނެވެ. އެހެނަސް މަޤްޞަދަކާއި އެކު ދިގު މުއްދަތަކަށް އުޅޭނީއެވެ.  

5. ތެދު ބަހުން ވާހަކަ ދައްކާ އަންހެނުން:  

ހާލަތު ކިތަންމެ ގޯސްވިޔަސް މެއެވެ. ވަޒަނަކަށް ވުރެ ބާރަށް ދޮގު މަރާލައެވެ. ދޮގު ހަދާ އަންހެނަކު ތިބާ ނޭންގި ހުއްޓާ ނުރައްކަލުގެ ތެރެއަށް ވައްޓާލާނެއެވެ. ވަގުތު ފާއިތުވަންދެން އޭނާ ޙަޤީގަތް ފޮރުވާނެއެވެ. އެހެނަސް ތެދުވެރި އަންހެނަކު، ތެދު ބުނަން ކިތަންމެ ދަތިވިނަމަވެސް އެއީ ބަރަކާތެކެވެ. ތިބާ އަށް އަޑުއިވެން ޖެހޭ އެއްޗެއް އޭނާ ބުނާނެއެވެ. ހަމައެކަނި ތިބާ އަޑު އަހަން ބޭނުންވާ އެއްޗެއް ނޫނެވެ. އަންހެނަކު ތެދުހަދާނަމަ ތިބާއަށް އެމީހަކަށް އިތުބާރު ކުރެވޭނެއެވެ. އިތިބާރަކީ ސުލްޙައެވެ. ސުލްޙައަކީ ދުޅަހެޔޮ ސިއްޙަތެވެ. އަދި ދުޅަހެޔޮ ސިއްޙަތަކީ ދިގު އުމުރެވެ. ތެދުވެރިކަމާ ނުލައި ތިމާ އުޅެމުން ދާނީ ކުށްހީ އާއި ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި ކުށްހީއަކީ ނަފްސާނީ ބަލިމަޑުކަމެކެވެ.

އެހެނަސް ތެދުވެރި އަންހެނަކާއެކު ތިބާގެ ސިކުނޑި މިނިވަންވާނެއެވެ. އަދި ތިބާގެ އުމުރު ދިގުވާނެއެވެ. ސަބަބަކީ ތިބާ އުޅެމުން ދާނީ ސާބިތުކަމާއެކުވެ. އޮޅުންބޮޅުމެއްގެ ތެރެއަކު ނޫނެވެ. އެންމެ ފަހުން ހަމަ ސުލްހަ ގެނެސްދޭނެ އަންހެނެކެވެ. އެންމެފަހުން އެހެން ހުރިހާ އެއްޗަކަށްވުރެ، ސުލްޙަވެރިކަން އެއީ ދިރުމެވެ.  

ސެލްހަވެރިކަން ގެންނަ އަންހެނަކާ އިންނާށެވެ. އޭރުން ތިބާގެ ޢުމުރު ދިގުވާނެއެވެ. އޭނާ ތިބާގެ ގެ ބޮކްސިންގެ މައިދާނަކަށް ނުހަދާނެއެވެ. އޭނާއަކީ އަބަދު ޒުވާބު ކުރާ މީހެއް ނޫނެވެ. އަދި ހިނގަ ހިނގާ ހުރި ތޫފަނެއްވެސް ނޫނެވެ. އެހެނަސް އޭނާ ގާތުގަ ހުރުމުން ތިބާ ހަމަހިމޭން ކޮށްދެއެވެ. އޭނާގެ އަޑު ތިބާ މައިތިރި ކޮށްދެއެވެ. އޭނާގެ ޢަމަލުތައް ތިބާއަށް ލުއިކަން ގެނެސްދެއެވެ. ބައިބްލްގެ 219 ވަނަ އާޔަތުގައި ވެއެވެ. ޒުވާބު ކުރުމާއި ޝަކުވާ ގިނަ އަންހެނަކާއެކު އެއް ގެއެއްގައި އުޅުމަށްވުރެ  ގޭގެ އެންމެ މަތީގެ ކަނެއްގައި އިނދެލައިގެން އިނުނެސް މާ ރަނގަޅެވެ. ކީއްވެތޯ؟ ސަބަބަކީ ހުއްޓުމެއް ނެތް އަރާރުމުން ތިބާގެ އުމުރު ކުރު ކޮށްލައެވެ. އަދި ސުލްޙައިގެން ސަބަބުން ދުވަސް އިތުރު ކޮށްދެއެވެ. ސުލްޙަވެރި އަންހެނަކާއި އެކު ތިބާގެ ގެ ވާނީ ޙިމާޔަތްތެރި ތަނަކަށެވެ. ތިބާހެ ހިތް އަލިކޮށްދެއެވެ. ތިބާގެ ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ.  

އެހެންކަމުން ތިބާ އުމުރު ދިގު ކޮށްލަން ބޭނުންނަމަ ހަމަ ފެންނަހާ އަންހެނަކާ ނީންނާށެވެ. ރަނގަޅު މީހާއާ އިންނާށެވެ. އޯގާތެރި ކަންކަން ބުނެދޭ އަންހެނެކެވެ. މާފަށް އެދޭ އަދި މާފް ކުރާ އަންހެނެކެވެ. ތެދުވެރި އަންހެނަކު އެއްވެސް ފިރިހެނަކަށް ޖަހައެއް ނުގަނެވޭނެއެވެ. ނަމާދަށް ރައްކާތެރިވާ ތެދިވެރި އަންހެނެކެވެ. މި ހުރިހާ ކަމަކަށް ވުރެ މުހިއްމީ ސުލްހަވެރި އަންހެނެކެވެ. މިއީ ކައިވެނި ދުނިޔެމަތީގެ ސުވަރުގެއަކަށް ހަދާލަދޭނެ އަންހެނުންނެވެ.  ނަމަވެސް ތިބާ މި ހަޤީގަތް ދޫކޮށްލާފަ ރީތި ކަމާއި ފައިސާގެ ފަހަތުން ދުވާނަމަ ތިބާގެ އުމުރު ކުޑަވެ ދިރިއުޅުން ނަރަކައަކަށް ހަދާލަފާނެއެވެ. ވިސްނާފަ ގޮތް ނިންމާށެވެ. ސަބަބަކީ ތިބާ އިންނަ މީހަކު ތިބާގެ ޙަޔާތަށް އުމުރު އިތުރު ކޮށްދޭނެއެވެ. އަދި އުމުރު މަދުވެސް ކޮށްދޭނެއެވެ.  

އަހުރެން މިދެއްކި ވާހަކަކޮޅަކީ ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްވެސް ވިސްނޭނެ ވާހަކަކޮޅެކެވެ. ބުއްދިވެރިވާށެވެ! މިބާވަތުގެ އަނބިންނާއިއެކު ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާށެވެ. އަދި ކައިވެނިކުރާއިއރުވެސް މިސިފަތައް ހުންނަ އަންހެނުން އިޚްތިޔާރުކުރާށެވެ. އެއިރުން ތިބާގެ ތަޤްވާވެރިކަން އިތުރުވެ ޢުމުރުވެސް ދިގުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން