ނުއެނގި ކުރެވޭ ކުށްތަކަށްވެސް މަޢާފަށް އެދެންޖެހޭނެތޯ؟": ‍ޝައިޚް ޢާޞިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 14ސ
ނުއެނގި ކުރެވޭ ކުށްތަކަށްވެސް މަޢާފަށް އެދެންޖެހޭނެތޯ؟": ‍ޝައިޚް ޢާޞިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

"ޝެއިޚް، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން ޖަވާބުދާރީވާންނުޖެހޭ ފާފަތަކަށް މަޢާފަށް އެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟ މިސާލަކަށް، ހަނދާންނެތިގެން ނުވަތަ ނިދިޖެހިގެން ނަމާދެއް ފާއިތުވުން، ނުވަތަ ގަސްދުނުކޮށް ނުވަތަ ނޭނގިގެން ކަމެއް ކުރުންފަދަ ޙާލަތްތަކުގައި އަޅުގަނޑުމެން މަޢާފަށް އެދެންޖެހޭތޯ؟" 

ޖަވާބު:  

"އެންމެ ފުރަތަމަ ކަމަކީ، ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމަކީ އިބާދާތެކެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ: "އޭ މީސްތަކުންނޭވެ، ﷲ ގެ ޙަޟްރަތަށް ތައުބާވެ، އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ. ހަމަކަށަވަރުން އަހަރެން ދުވާލަކު 70 ފަހަރު ﷲ ގެ ޙަޟްރަތަށް ތައުބާވެ، އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ." 

މި ޙަދީޘްގައި ބަޔާންކުރެވިފައިވާ 70 ފަހަރަކީ ޢަދަދު އިތުރުކުރުމަށް އިޝާރާތްކުރެވިފައިވާ ކަމެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިއީ 70 ފަހަރަށް ލިމިޓްކުރުމަށް ބަޔާންކުރެވިފައިވާ ކަމެއް ނޫނެވެ. ޢަރަބި ބަހުގައި 70، 70،000 އަދި މިފަދަ ޢަދަދުތައް ބޭނުންކުރެވެނީ ގިނަކަން ދައްކުވައިދިނުމަށްކަމަށް ޢިލްމުވެރިން ތަފްސީރުކުރައްވައެވެ، ވަކި ލިމިޓެއް ކަނޑައެޅުމަށް ނޫނެވެ. 

ޢުމަރުގެފާނުގެ ރިވާޔަތެއްގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: "އަޅުގަނޑުމެން ޞަޙާބީން، ނަބިއްޔާ އާ އެކު އިންނަ ކޮންމެ މަޖިލިހެއްގައި، އެކަލޭގެފާނު 'އޭ ﷲއެވެ، މިއަޅާއަށް ފާފަފުއްސަވާނދޭވެ، މިއަޅާ ތިބާގެ ޙަޟްރަތަށް ތައުބާވަމެވެ، އަދި ތިބާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ' މިފަދައިން ވިދާޅުވާތާ 70 ފަހަރު ނުވަތަ 100 ފަހަރު ގުނާކަމުގައިވިއެވެ." މިއިން ދޭހަވަނީ 70 ފަހަރަކީ ގިނަކަން ދައްކުވައިދިނުމަށް ބޭނުންކުރާ ޢަދަދެއްކަމާއި، އެކަލޭގެފާނު އެއަށްވުރެވެސް ގިނައިން އިސްތިޣުފާރުކުރައްވާކަމެވެ. 

އެހެންކަމުން، ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމަކީ އަޅުގަނޑުމެންނަށް ބުރައަކަށް ވާންޖެހޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭ މިންވަރަކުން، ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ރިޒްޤު ލިބި، ދިރިއުޅުމުގެ އެކި ދާއިރާތަކުން އަޅުގަނޑުމެންނަށް ޢިނާޔަތްތެރިވެވޮޑިގެންވެއެވެ. 

އެހެންކަމުން، މިކަން ތިބާގެ ކޮނޑުގައި ބުރައެއްގެ ގޮތުގައި ނުދެކޭށެވެ. އަބަދުވެސް ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ. އެއީ ތިބާ ނިދިޖެހިގެން ނަމާދެއް ފާއިތުވިޔަސް (ތިބާ ޖަވާބުދާރީވާކަށް ނުޖެހޭ) ނުވަތަ ތިބާއަށް ވާޖިބުވެގެންވާ ކަމެއް ހަނދާންނެތުނަސް (ﷲ ތިބާ ޖަވާބުދާރީ ނުކުރައްވާނެއެވެ).

ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި، އެކަލާނގެ ޙަޟްރަތަށް ތައުބާވުމުގައި ހުރި މައްސަލައަކީ ކޮބައިތޯ؟ އެއްވެސް މައްސަލައެއް ނެތެވެ. ހަމަ އެއްވެސް މައްސަލައެއް ނެތެވެ. ތިބާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި، އެކަލާނގެ ޙަޟްރަތަށް ތައުބާވުމުން. އެއީ އޭނާ އެކަމުގައި ބޮޑު ނާކާމިޔާބީއެއް ލިބުނު ހިނދުގާ ދެކި ހަމައެކަނި ޝައިޠާނާ ނުރުހޭނެއެވެ.

މިއަދު އޮންލައިން