ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ- 5: ދާވުދުގެފާނުގެ މާތްކަމާއި މަތިވެރިކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ- 5: ދާވުދުގެފާނުގެ މާތްކަމާއި މަތިވެރިކަން

ޢަލީ އިޙްޞާން ފިރާޤް

 

ދާވުދުގެފާނުގެ މާތްކަމާއި މަތިވެރިން: 

داود عليه السّلام ގެ އަޅުކަން ކުރެއްވުމުގެ ގިނަކަމާއި ރޯދަ ހިއްޕެވުމުގެ ގިނަކަމާއި އުޅުއްވި ތަޤްވާވެރިކަމުގެ ސަބަބުން އަރަހުށި މާތް ގެ ޙަޟުރަތުގައި އެކަލޭގެފާނަށް ވަނީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައެވެ. ހަތް އުޑުމަތިން އެކަލޭގެފާނުގެ މާތްކަންވަނީ ބަޔާން ކުރައްވާ އިއުލާން ކުރައްވައިފައެވެ. އިސްރާ ސޫރަތުގެ 55 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ﴿٥٥

މާނައީ: [އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.]

ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ މާތްކަން ބަޔާން ކުރައްވައި، ނަމްލު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّـهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ ﴿١٥

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ]. 

(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)

 

 

 

މިއަދު އޮންލައިން