ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ވަރިކުރީމާ ޢިއްދަ ހަމަނުވަނީސް ބާޒާރަށްވެސް ނުދާން ގޭގަ އިން އަންހެނަކަށް ޢިއްދަ ހަމަވި ދުވަހު އޭނާއަށްވުރެ ހަގު، ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޢިބްރަތްތެރި ވާހަކަ: ކުށެއް ނެތި ވަރިކުރީމާ ޢިއްދަ ހަމަނުވަނީސް ބާޒާރަށްވެސް ނުދާން ގޭގަ އިން އަންހެނަކަށް ޢިއްދަ ހަމަވި ދުވަހު އޭނާއަށްވުރެ ހަގު، ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަހުރެންގެ ފިރިމީހާ އަހުރެން ވަރިކުރީ އެންމެ ކުޑަމިނުން އަހުރެން ކޮން ކުށެއްކަންވެސް ބުނެ ނުލައެވެ. އެދުވަހު ވަރަށް ދެރަވިއެވެ. ލަދުވެސްގަތެވެ. ނަމަވެސް ވިސްނީމެވެ. "އެކުވެރިންނަށް އެނގުނިއްޔާ، އަދި އެނގުމުން ކޮންމެ ގޮތަކަށް ވިސްނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އެއްވެސް މީހަކު ޙަޤީޤަތް ޤަބޫލުނުކުރިޔަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ"

އެެހންވެ ގެއަށް އައިސް އުޅެންފެށީ ވަރަށް ހިތްވަރާއިއެކުގައެވެ. ވަޒީފާއަށް ނޫންތަނަކަށް ނުދަމެވެ. އެކުވެރިން ގޮވައިގެން ބޭރަށްދާން އުޅުނަސް ބުނަމުން އައީ ޢިއްދަ ހަމަނުވަނީސް ބާޒާރަށްވެސް ނުދާނެ ކަމަށެވެ.  

މަންމަމެން ވަރަށް ކުޑައިރު މާލެ ގެނެސް ކިޔަވައިދީ ދަރިއެއް ފަދައިން ގެންގުޅެ ބޮޑުކުރި ކުއްޖަކު އެއިރުވެސް ގޭގައި އުޅެއެވެ. މިހާރު 2 ފިހާރަ ހިންގާ ތަނަވަސް ކުއްޖެކެވެ. ފްލެޓެއްވެސް ގަނެފައި ހުރެއެވެ. ބަދަލުނުވެ ހުންނަނީ ކައިވެނިކޮށްގެން ނޫނީ މަންމަމެން ދޫކޮށްފައި ނުދާންވެގެންނެވެ. އެއިރު މަންމަމެން އޭނާއަށް އެހީތެރިވީތީ މަންމަމެންނަށް އެހީތެރިވުމަށެވެ.  

އެއީ އަޅުގަނޑަށްވުރެ 4 އަހަރު ހަގު ޒުވާނެކެވެ. ކިޔަނީވެސް ތުއްތައެވެ. އެއްރޭ އެންމެން އެކުގައި ކާން ތިބެފައި ބުންޏެވެ. "ތުއްތަ މިހާރުވެސް ވަޒީފާއަށް ދަމެއް ނޫންހެއްޔެވެ؟ ވީމާ ބޭރަށް ނުދިޔަޔަސް މަސައްކަތްކުރަން އެބަދަމުތާއެވެ! ކޮއްކޮވެސް މިދެނީ ވަޒީފާއެކެވެ. އަހަރީ ރިޕޯޓްތައް ހުށަހަޅަންޖެހިފައި އޮއްވައި އެކައުންޓެންޓް އިމްރޖެންސިއެއް ދިމާވެގެން އިންޑިޢާއަށް ފުރައިފިއެވެ. ރިޕޯޓްތައް ނިންމައިލަދޭށެވެ. ފިހާރައިގެ ތަޅުދަނޑިއަކާއި އޮފީހުގެ ތަޅުދަނޑިއެއް މިއޮތީއެވެ. ފަސޭހަ ވަޤުތަކު ގޮސް އެކަން ކޮށްލައިދޭށެވެ. ކޮއްކޮ އިންނަ ގަޑިއަކު އައިމަ މަސައްކަތްކުރެވޭނެ ގޮތް ދައްކާނަމެވެ."  

ހިނގަނޑެއްޖަހާފައި މަންމަ ބުންޏެވެ. "ތިއަ ވަޒީފާ ކޮންމެހެންވެސް އަދާކުރަންވާނެއެވެ. ދަރިފުޅަށްވުރެ ތިއަ ވަޒީފާ އަދާކޮށްދިނުން ޙައްޤުކަން ބޮޑު މީހަކު ނެތެވެ." މަންމަ އެހެން ބުނުމުން ދެކޮޅު ނުހަދަންވެގެން މަސައްކަތާއި ޙަވާލުވީމެވެ. އެއިރު އަދާކުރާ ވަޒީފާއަކީވެސް އެމްޓީސީސީގެ ހަމަ އެބާވަތުގެ މަސައްކަތެއް ވީމާ ކުރަން އުނދަގޫ ކަމަކަށް ނުވާނެތީއެވެ.  

ދެހަފްތާއެއްހައި ދުވަސްތެރޭގައި މަސައްކަތް ނިންމައިލީމެވެ. އަދި ވަޒީފާ ނިމުނީ ކަމަށްބުމުން ބުނުމުން އޭނާ ހިނގަނޑެއްޖަހާފައި ބުންޏެވެ. "ވަޒީފާ ދާއިކުރީމާ ނުނިމޭނެތާއެވެ." ޖަވާބުގައި ބުނީމެވެ. "ދާއިމީކޮސްފިއްޔާ މަސައްކަތްކުރާނީ ގޭގައި އިނދެއެވެ." ޖަވާބުގައި އޭނާ ބުންޏެވެ. "ބޭނުން މިއުޅެނީވެސް އެގޮތެވެ." އެހިސާބުން އެވާހަކަ ނިމުނީއެވެ.  

އެއިގެ ހަފްތާއެއްވަރު ފަހުން ޢިއްދަ ހަމަވެއްޖެއެވެ. އާދައިގެމަތިން އެރޭ އެންމެން އެކުގައި ކާން ތިބެފައި އަވަސް އަރުވާލާފައި އޭނާ ތެދުވެގެންދަމުން ދިއައީ މަންމަގެ ގާތުގައި ކަރުދާސްކޮޅެއް ބާއްވައިފައެވެ. ހުޅުވައި ކިޔައިލުމަށްފަހު މަންމައަށް ލިބުނު އުފަލެއް ބޮޑުކަމުން ކޮލުދަތްތައްވެސް ފެންނަވަރަށް ހެމުން ބުންޏެވެ. "ދަރިފުޅާއެވެ. ދަރިފުޅުގެ ވަޒީފާގެ ކަންތައް ނުމުނެވެ. މިއޮތީ ދާއިމީކުރަން ހުށަހަޅައިފައެވެ. އެވާހަކަ ކުރިން އަޅުގަނޑު ގާތުގައިވެސް ބުނި ކަމަށާއި އިތުރު ތްފްޞީލެއް ނުދީ މަންމައަށް އެހުށަހެޅީ ކީއްވެގެންކަން ނުވިސްނޭކަމަށް ބުނުމުން މަންމަ ބުންޏެވެ.  

"ދަރިފުޅާއެވެ! މިވާހަަ ތުއްތަ ގާތުގައި ދައްކަން އެސޮރަށް ކެރޭނީ ކިހިނަކުން ހެއްޔެވެ؟" އެެހްނ ބުނެފައި ކަރުދާސްކޮޅު އަޅުގަނޑުގެ އަތަށް ދިނުމުން އަވަސްއަވަހަށް ކިޔައިލީމެވެ. "މަންމާއެވެ! ނުބުނަން ވަރަށް ކެތްކޮށްފީމެވެ. އެކަމަކު މިހާރު މިބުނަނީއެވެ. ތުއްތަ މީހަކާ އިނދެގެން ނުކުމެގެން ދިއައިމަވެސް ވަރަށް ދެރަވިއެވެ. ތުއްތަ އެހައި ލޯބިވާ މީހަކު ތުއްތަ ވަރިކުރީތީވެސް ވަރަށް ދެރަވިއެވެ. ޢިއްދަ ހަމަވެއްޖެ އެވެ. މަންމަ ރުހޭ ކަމަކަށްވާނަމަ އަޅުގަނޑާއި ކައިވެނިކޮށްފާނަންތޯ ތުއަތަ ކުރެން އަހައިދީބަލާށެވެ! ނުރުހުނަސް ހިތްބުރައެއް ނޫނެވެ. އެކަމަކު މިގެއިން ފްލެޓަށް ބަދަލުވާނަމެވެ. ބަދަލުވިޔަސް މަންމަމެންނަށް އެހީތެރިވާނަމެވެ. މިހާރުވެސް މިއުޅޭ ގޮތަށް ދަރިއަކު ފަދައިން އުޅޭނަމެވެ."

ކިޔާފައި ގޮނޑިން ތެދުވެގެންގޮސް އޭނާގެ ކޮޓަރީގެ ދޮރުފަތުގައި ޓަކިވެސް ނުޖަހައި ހުޅުވަން ހިފީމެވެ. ތަޅުނުލައި ހުރީތީ ހުޅުވުނީމާ ބަލައިލިއިރު އެނދުގައި އިށީނދެލައިގެން އިނެވެ. މޫނުގައި ދެއަތް ވިއްދައިގެންނެވެ. އެވަޤުތު އެއީ ހިލޭ ފިރިހެނެއްކަންމަތިން ހަނދާނެއްވެސް ނެތެވެ. އަތުގައި ހިފައިގެން ގެނެސް ކާމޭޒުގައި ބައިންދާފައި ބުނީމެވެ. "މިއުޅެނީ މަންމައަށް ފޮނުވި ލޯބީގެ ސިޓީގެ ޖަވާބުދޭށެވެ. ތުއްތަ ކުރިން ކައިވެންޏެއް ކުރިކަމާ ތުއަތައަށްވުރެ 4 އަހަރު ހަގުކަން އެނގިހުރެ ހެކިވެރިންނާ ފޯމު ފޮނުވާށެވެ! ފޯމުގައި ސޮއިކުރުމާއިއެކު އެމްޓީސީސީގެ ވަޒީފާއިން ވަކިވާނަމެވެ. ތިއަދޭ ހުރިހާ ވަޒީފާއަކާއި ޙަވާލުވާނަމެވެ. 15 ވަރަކަށް އަހަރު ދެބެއިންގެ ގޮތުގަ އެއްގެއެއްގައި އުޅެވުނީމާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ދެމީހުންގެ ކަންކަން ދެމީހުންނަށްވެސް ރަނގަޅަށް އެނގޭނެތީއެވެ. އެހެންވީމާ ކޮޓަރިއަށްވަދެ ބޮލުގަ ހިފަހައްޓައިގެން އިންނާނެ ކަމެއް ނެތެވެ. ބާރަށް ކުރިއަށް ގެންދާށެވެ!"  

މަންމައަށާއި އާއިލާގެ އެންމެންނަށްވެސް އެކުގައި ބުނެވުނެވެ. "އަލްހަމްދުލިﷲ"  

އެވަޒިފާގައި 12 އަހަރުވީއެވެ. ފިރިމީހާ މިހާރު ހިންގަނީ 2 ފިހާއެއް ނޫނެވެ. 2 ކުންފުންޏެވެ. ޙިއްޞާދާރުންނަކީ ދެމަފިރިންނެވެ.  

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިގެނެސްދެނީ ކުށެއް ނެތި ވަރިކޮށް އެއްލައިލާ އަނބިންނަށް ހިތްވަރަކަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން