ސުވަރުގެ އެދިގެން ކުރަން އޮތް އެންމެ މުހިންމު ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ސުވަރުގެ އެދިގެން ކުރަން އޮތް އެންމެ މުހިންމު ކަންތައް-

މީހާ ފެނުމުން އެއީ މުސްލިމެއްކަން އެނގޭނެ ގޮތަށް ތިބޭ މީހުން ވަރަށް ގިނައެވެ. އެއީވެސް ވަރަށް ރަނގަޅު ކަމެކެވެ. އަހުރެން އެންމެ ބޮޑަށް ކަންބޮޑުވަނީ މީސްތަކުންގެ ޢަމަލުތަކާއިމެދުގައެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ މިންވަރާއިމެދުގައެވެ. ޔަޤިންކުރަންޖެހޭ ކަމަކީ ސުވަރުގެ ވައްދަވާނީ ޤުރްއާނާއި ސުންނަތަށް ޢަމަލުކޮށްގެން ކަމެވެ. 

އިސްލާމީ ފޭރާމުން ފޭރާންލައި ސުންނަތާއި އެއްގޮތަށް ހުރިނަމަ ފެންނަ ކޮންމެ މީހަކަށް އޭނާއަކީ މުސްލިމެއްކަން އެނގޭނެއެވެ. މުސްލިމެއްކަން އެނގުމުން ނަފްރަތުކުރާނެ ބައަކު ވެސް އުޅޭނެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. 

އެހެނީ ސުވަރުގެ ވައްދަވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. 

ވީމާ ސިފައާއި ލާ ފޭރާމާއި ހިނގައި އުޅޭ ގޮތާއި އަދި ވާހަކަދައްކަންވީ ގޮތް (އެހެން މީހުންނާއި މުޢާމަލާތުކުރަންވީ ގޮތް) ދަސްކުރަން އެބަޖެހެއެވެ. އެކަންކަން ދަސްކުރެވޭނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. 

ދެން ބުނެލަން އޮތީ އަހަރެމެންނަށް ޢަމަލުކުރެވޭ ގޮތުގެ ވާހަކައެވެ. މަޝްހޫރުކަން ހޯދަން ނަށަން ދަސްކުރެވެއެވެ. އެހެންވެސް ކަންކަން ދަސްކުރެވެއެވެ. ދަސްކުރަންޖެހޭވަރަށްވުރެ ދެގުނަ އިތުރަށްވެސް އެކަންކަން ދަސްކުރެވެއެވެ. އެކަމަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދަހެއް ނުކުރެވެއެވެ. 

އެކަމަކު މުބުނަނީ ތިމާ ދާން ބޭނުންވަނީ ސުވަރުގެއަށް ކަމަށެވެ. ނިކަން ބުނެބަލާށެވެ! ސުވަރުގެ ވައްދަވާނީ ޤުރްޢާނާއި ސުންނަތަށް ޢަމަލުކުރުމުންކަން ޤުރްއާނުން އެންގެން އޮތްއިރު  ސުވަރުގެ ވަންނަން ޢަމަލުކުރަން އެނގެންޖެހޭ ކަންކަން ދަސްނުކޮށް، އެކަންކަމަށް ޢަމަލުނުކޮށް ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ވީމާ މީހަކު ނުވަތަ ބައަކު ބުނެފާނެ ބަހަކަށް ނުބަލާށެވެ! ޤުރްއާނާއި ސުންނަތް ދަސްކޮށް ޢަމަލުކުރާ މީހަކަށްވާށެވެ! ލާފޭރާމާއި ކުރާ ޢަމަލުތަކުން ތިމާއަކީ ފުރިހަމަ މުސްލިމެއްކަން ދައްކުވައިދޭށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން