ސިއުޒާ
ފިރިހެނަކު އެހެން އަންހެނަކާ ގުޅުމެއް ހިންގާނަމަ ފެންނާނެ ކަންތައްތައް:
ހަޤީގަތާ ކުރިމަތި ލަމާތޯ!
ފިރިހެނަކު އޭނާގެ ހަށިގަނޑާއި، އިހުސާސްތައް އެހެން އަންހެނަކަށް ދޭން ފަށާ ހިސާބުން އޭނާގެ ޢަމަލުތައް ވަކި ގޮތަކަށް ބައްޓަންދެއެވެ. އޭނާ އެކަން ފޮރުވަން އުޅުނު ނަމަވެސް އެކަންކަން ފެންނާނެއެވެ. ފިރިހެނަކު އެހެން އަންހެނަކާއިއެކު ނިދާނަމަ، ހާއްސަކޮށް ތިބާއަށް ސިއްރުން އެކަން ކުރާނަމަ ފެންނާނެ ކަންކަން މިއީއެވެ:
1. އޭނާގެ އިހްސާސްތައް ދުރުވެއެވެ:
އެންމެ ސާފުކޮށް ފެންނާނެ ބަދަލަކީ އިހުސާސްތައް ދުރުވުމެވެ. އޭނަ ކައިރީގައި އިން ނަމަވެސް ނެތް ކަމުގެ އިހުސާސް ކުރެވެން ފަށާނެއެވެ. އޭނާގެ ކޯލްތައް ކުރުވާނެއެވެ. އޭނަގެ ވާހަކަތަކުގައި މާ ބޮޑު ޝައުޤެއް ނުހުންނާނެއެވެ. އެއް އިރެއްގައި ހުރިހާ ވާހަކައެއް ތިބާއާ ހިއްސާ ކުރަމުން އައި މީހަކު ބަދަލު ވުމުން ކޮންމެހެން ބުންނަ ޖެހޭ އެއްޗެއް މެނުވީ ތިބާއާ ހިއްސާ ނުކުރާނެއެވެ. އޭނާ ތިބާއާ ކައިރީގައި އިންކަމުގައި ވީ ނަމަވެސް، ތިބާ ވާހަކަ ދެއްކުމުން ބޯ ޖަހާލި ނަމަވެސް އަދި ތިބާ ސުވާލު ކުރުމުން ހީލި ނަމަވެސް އޭނަ ހަޤީގަތުގައި ވަނީ ތިބާއާ އެކުގައި ނޫންކަން އިހްސާސް ކުރެވޭނެއެވެ.
އޭނާގެ އަމިއްލަ ނަފްސު އެހެން މީހަކަށް ބައި އަޅާ ހިސާބުން އޭނާގެ ސިކުނޑިއާއި އިހްސާސްތައް ތިބާއަކަށް ސަމާލުކަމެއް ނުދޭނެއެވެ. އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން އުޅެން އޭނަ މަސެއްކަތް ކޮށްފާނެއެވެ. ނަމަވެސް އެ ދުރުކަން އޭގެ ޒާތުގައި ފާޅުވާނެއެވެ.
2. ގުޅުން ދަމަހައްޓަން ކުރަމުން އައި މަސެއްކަތް އޭނަ ހުއްޓާލާނެއެވެ:
މިއީ ދެން އަންނާނެ އެންމެ ބޮޑު ބަދަލެވެ. ފުރަތަމަ ކޮޅު ލޯބީގެ މެސެޖްތައް ވެސް ފޮނުވައެވެ. ކޮންމެ ދުވަހަކު ކޮބައިތޯ ބަލާ، ނުބުނި ނަމަވެސް ގަޔާވާކަން ދައްކާނެއެވެ. އެހެނަސް ތަސްވީރަށް އެހެން އަންހެނަކު ވަންނަ ހިސާބުން އެ މަސެއްކަތް ފަނޑުވެގެން ދެއެވެ. ބާއްޖަވެރި ހެނދުނެއްގެ މެސެޖްތައް ހުއްޓި، ތަޢުރީފު ކުރުން މަދުވެ، އަދި ތިބާ އެކަމަށް އެންމެ އުފާކުރި އޭނާގެ ސަމާލުކަން އެއްކޮށް ނެތިދެއެވެ. އެކުގައި ބޭރަށް ދިއުން ކަހަލަ ކަންކަން ރާވައެއް ނުހަދާނެއެވެ. މިހެން ކަންތައް މި ދިމާވަނީ އޭނާގެ ހަކަތަ މުޅިން އެހެން ދިމާލަކަށް އަނބުރާލުމުންނެވެ.
ފިރިހެނަކު އޭނާގެ ވަޤުތާއި ސަމާލުކަން އެހެން އަންހެނަކަށް ދޭން ފެށުމުން ކުރީގެ ގުޅުމަކީ އޭނަ ބިނާ ކުރާ އެއްޗަކަށް ނުވެއެވެ. އެހެނަސް ހަމައެކަނި ބޭރުފުށަށް ދައްކާލުމަށް ބޭނުންކުރާ ގުޅުމަކަށް ވެދެއެވެ.
3. އޭނާގެ ހަކަތަ ތަފާތުކަން ފާހަގަ ކުރެވޭނެއެވެ:
ތިބާގެ އަތުގަ ހެކި ނެތް ނަމަވެސް އޭނަގަ ބަދަލު އިހްސާސް ކުރެވޭނެއެވެ. ތިބާއަށް ބުނެ ނުދެވުނު ނަމަވެސް އެކި ގޮތްގޮތުން އޭނަގެ ހަކަތައަށް ބަދަލު އައިސްފައިވާކަން ފާހަގަ ކުރެވޭނެއެވެ. ކުދިކުދި ކަންތައްތަކާ ހިތްހަމަ ނުޖެހޭނެއެވެ. ފާޅުގައި ވާހަކަ ނުދެއްކުމާއި ތިބާ ކައިރިވާން އުޅުމުން ދުރުވެ އެކަހެރި ވާނެއެވެ. ބައެއްފަހަރު ޚިޔާލުތަކަށް ގެއްލިފަ އިނދެދާނެއެވެ. ހަމަހިމޭން ވަޤުތު ތަކުގައިވެސް ސަމާލުކަން ނުދެވި ކެތްމަދުވެދާނެއެވެ.
މިއީ ކުދިކުދި ބަދަލު ތަކެއް ނޫނެވެ. ހަކަތައަކީ ތިބާއަށް މަކަރު ހެދޭނެ އެއްޗެއް ނޫނެވެ. އޭނާގެ އިހްސާސްތައް މުޅިން އާ ދިމާއަކަށް ދަމަމުން ދާއިރު އޭނާ މަސެއްކަތް ކުރަމުން ދާނީ އޭނާގެ މޫޑް އެއްވަރެއްގައި ހިފެހެއްޓުމަށެވެ. ނަތީޖާ ފެންނާނީ އޭނާ ތިބާއާ ދޭތެރޭގައި ކަންތައް ކުރާ ގޮތަކުންނެވެ.
4. ނުބުނި ނަމަވެސް އޭނަ ތިބާއާ އަޅާ ކިޔަން ފަށާނެއެވެ:
ފިރިހެނަކު އެހެން އަންހެނަކާއި އެކު ގުޅުމެއް ހިންގާނަމަ، އާއްމުކޮށް ތިބާއާ މެދު އެހެން ނަޒަރަކުން ދެކެން ފާށާނެއެވެ. ކުރިން ތަޢުރީފު ކޮށް ހެދިހެން ތަޢުރީފެއް ނުކުރާނެއެވެ. އަދި އޭނަގެ ތަޢުރީފުގައި އޮށްޓަރެއް ނުހުންނާނެއެވެ. ބައެއްފަހަރު އޭނައަށް ނޭންގިނަމަވެސް އެ އަންހެނާއާއި ތިބާއާ އަޅާ ކިޔޭނެއެވެ. އޭނަގެ ވާހަކަ ދެއްކުމުގެ ރާގުންނާއި އޭނަގެ ހަމަހިމޭން ކަމުން އެކަން ރަނގަޅަށް ފެންނާނެއެވެ. ކުއްލިއަކަށް އެހެން މީހުންގެ ހުންނަ ހާއްސަ ކަންކަން، މީގެ ކުރިން އެއީ މާ މޮޅު ކަމެއް ކަމަށް ނުދެކުނަސް އެ ކަންކަމަށް ތަޢުރީފް ކުރެއެވެ. އޭނަ ފާޅުގައި އެ އަންހެނާއާއި ތިބާއާ އަޅާކިޔަނީ ކަމުގައި ނުބުނި ނަމަވެސް އޭނަގެ އުޅުމުން އެކަން އިހްސާސް ކުރެވޭނެއެވެ. މި އަޅާކިޔުން ހަމަހިމޭން ނަމަވެސް ވަރަށް ހިތްދަތިވާނެއެވެ. ސަބަބަކީ އެކަމުން ބުރަވެވެނީ އޭނަގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިއްޖެކަމެވެ.
5. އޭނަގެ އަމިއްލަވަންތަކަން މީގެ ކުރިން ނުކުރާ ވަރަށް ދިފާއު ކުރާނެއެވެ:
އަމިއްލަވަންތަ ކަމަކީ ހުރަހަކަށް ވެދެއެވެ. އޭނަގެ ފޯނު އަބަދުވެސް ޖީބުގައި އޮވެއެވެ. ނުވަތަ ލޮކްކޮށް އާޕަސްވޯޑެއް ޖަހާފާނެއެވެ. ކުރިން ހެން ޖެހުނުތަނެއްގަ ފޯނު ބާއްވާފައެއް ނޯއްނާނެއެވެ. ފޯނެއް އަންނަ އިރަށް ކޮޓަރިން ބޭރަށް ދެއެވެ.
އޭނަގެ ދުވަސް ދިޔަގޮތާ ބޭހޭ ގޮތުން ސުވާލު ކޮށްފިނަމަ ވީހާވެސް ކުރު ޖަވާބު ދެއެވެ. މީގެ ކުރިން އާއްމުކޮށް ހުސްކޮށް ހުންނަ ވަގުތުތައް ކުއްލިއަކަށް ބިޒީ ވާންފަށާނެއެވެ. ސޯޝަލް މީޑިއާ ބޭނުންކޮށް އުޅޭ އުޅުމަށްވެސް ބަދަލު އާދެއެވެ. މިއީ އާދައިގެ އާދަތަކެއް ނޫނެވެ. މިއީ ކަމެއް ފޮރުވުމަށް ބިނާކުރެވޭ ހިމާޔަތުގެ ފާރުތަކެކެވެ. އޭނާގެ އަމިއްލަވަންތަކަން ޙިމާޔަތް ކުރަން މަސެއްކަތް ކުރި ވަރަކަށް އޭނާ އުޅެމުންދަނީ ޑަބަލް ލައިފް އެއްކަން ހާމަވެއެވެ.
6. އޭނާގެ ހަރަކާތްތައް ދިފާއު ކުރުމަށް އިމޯޝަނަލް ދުރުކަމެއް އުފައްދާނެއެވެ:
އެންމެ ފަހުން އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީމަ ގަސްތުގައި އަމިއްލައަށް ދުރުވާން ފަށައެވެ. ކުދިކުދި ކަންތައްތަކާ ޒުވާބު ކޮށްލަފާނެއެވެ. ނުކުރާ ކަންކަމަށް ތިބާ ކުށްވެރިކޮށް ކަމަކާ ނުލައި ތިބާ ދެކެ ރުޅި އަތުވެދާނެއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ނުކުރަން ކޮށްފާނެ ކަންކަމެވެ. އެހެން ތަނެއްގައި އޭނަ ކުރަނީ ރަނގަޅު ކަމެއްކަން އަމިއްލަ ނަފްސަށް އަންގައިދިނުމުގެ ގޮތުން ގޭތެރޭގެ ގުޅުން ބަލިކަށި ކޮށްލައެވެ. އެކި ގޮތްގޮތުން ތިބާ ކުށްވެރިކޮށް ތިބާއަށް އޭނަ ނޭންގެނީ ކަމަށާއި ތިބާ ބަދަލު ވެއްޖެ ކަމަށް އޭނަ ބުނެއެވެ. މި ބަދަލު ތަކަކީ އެކްސިޑެންޓެއް ނޫނެވެ. އެއީ ރޭވުމެކެވެ. އެކަމުން އަނެއް އަންހެނާއަށް ޖާގަ ހޯދުމަށް އޭނައަށް ފުރުސަތު ލިބެއެވެ. އެހެނަސް މިހާރުގެ ގުޅުމުން މަޑުމަޑު އަތް ދޫވަމުން ދެއެވެ.
މިއީ ޢާންމު ގޮތެއްގައި އޭނާގެ ކިބައިން ފެނިގެންދާނެ ކަންކަމެވެ. މިހުރިހާ ކަމެއް އެކެއްގެ ކިބައިން ނުފެނުނަސް ގިނަ ކަންތައްތަކެއް ފެންނާނެއެވެ. މިއިން އެއްވެސް ކަމެއް ބައިވެރިޔާގެ ކިބައިން ފެންނަނަމަ ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތްކުރާށެވެ.
ކުރިއާލައި ޙަޤީޤަތް ދެގަނެވިއްޖެނަމަ ކައިވެނި ސަލާމަތް ކުރެވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ނަމަވެސް ފަރުވާކުޑަކުރެވިއްޖެނަމަ، ގިނަ ދުވަސްތަކެއް ފާއިތުވެއްޖެނަމަ އެފުރުޞަތު ބޮޑުތަނުން ކުޑަވެގެންދެއެވެ.
މިއީ ކަމުގެ މާހިރަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.