ނިދީގެ މައްސަލަ ހުންނާތީ ނިދެނީ ފަތިސްވާފަހުން ކަމަށްވާނަމަ ނިދާއިރު ކިޔާ ޛިކުރުތައް ކިޔޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނިދީގެ މައްސަލަ ހުންނާތީ ނިދެނީ ފަތިސްވާފަހުން ކަމަށްވާނަމަ ނިދާއިރު ކިޔާ ޛިކުރުތައް ކިޔޭނެތަ؟

އަޅުގަނޑަކީ ނިދަން މަސައްކަތްކުރި ނަމަވެސް ނިދިނައުމުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހެކެވެ. ބައެއް ރޭރޭ ނުނިދިގެން ވަރަށް ލަސްވަންދެން ވެސް އޮންނަން ޖެހެއެވެ. އެހެންވެ ބައެއް ރޭރޭ ނިދެނީ ފަތިސް ނަމާދުވެސްކޮށްގެންނެވެ. އެއީ ފަތިސް ވަގުތު ކައިރިވެފައިވަނިކޮށް ނިދިއައި ނަމަވެސް ފަތިސް ނަމާދަށް ނުހޭލެވިދާނެތީ ފަތިސްނަމާދު ނުކޮށް ނިދަން ބޭނުން ނުވާތީއެވެ.   

އަޅުގަނޑުގެ ސުވާލަކީ ފަތިސްނަމާދުކޮށްގެން ނިދިނަމަވެސް ނިދަމުން ކިޔާ ޛިކުރުތައް ކިޔޭނެތޯއެވެ؟ 

ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު: "ނިދަމުން ކިޔާ ޛިކުރުތަކަކީ ރޭގަނޑު ކިޔަން ހުރި ޛިކުރެއް ނޫނެވެ. ނިދަމުން ކިޔަންހުރި ޛިކުރެވެ. ވީމާ ފަތިހު ނިދަމުން ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ!" 

ހަމަ އެއާއިއެކު ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ނިދީގެ މައްސަލަ ހުންނަ މީހުންނަށް ނުނިދުނަސް ނިދަން މަސައްކަތްކުރަން ފެށުމުގެ ކުރިން ޛިކުރުތައް ކިޔުމަކުން މައްސަލައެއް ނެތެވެ. އެންމެ މުހިންމު ކަމަކީ ޛިކުރުތައް ކިޔުމެވެ. އޭނާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

 

މިއަދު އޮންލައިން