ރުޅި ކޮންޓްރޯލް ނުކުރެވުމުން ލިބޭ ގެއްލުންތައް ތިމާ ދިރިހުރުމާއި ޢުމުރަށް އެނދުމަތިވާންޖެހުމާއި ގުޅިފައިވާކަން ނޭނގެނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރުޅި ކޮންޓްރޯލް ނުކުރެވުމުން ލިބޭ ގެއްލުންތައް ތިމާ ދިރިހުރުމާއި ޢުމުރަށް އެނދުމަތިވާންޖެހުމާއި ގުޅިފައިވާކަން ނޭނގެނީތަ؟

ރުޅިއަންނަންޖެހޭ ޙާލަތުގައި ރުޅި އަންނަން ބުނެވެއެވެ. ނަމަވެސް ރުޅިއަންނަންވީ މިންވަރު ބުނެދެވެނީ ވަރަށް މަދުންނެވެ. އެހެންވެ އެކަން އެނގެނީވެސް ވަރަށް މަދުބައަކަށެވެ. ނަތީޖާއަކީ ޢަމަލުކުރެވޭ މީހުންގެ ނިޞްބަތް މަދުވުމެވެ. ދެން މިބުނެދެނީ އެކަމުން ނުކުންނަ ނަތީޖާއެވެ.   

ރުޅިއަންނަޖެހޭ މިންވަރަށްވުރެ ބޮޑަށް ރުޅި އަންނަނަމަ:  

--ލޭމައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

--ހާޓްއެޓޭކްޖެހުމުގެ ފުރުޞަތު 9 އިންސައްތަ މަތިވެގެންދެއެވެ.

--ކަންބޮޑުވުމާއި ހާސްކަމުގައި ހުންނަން ޖެހެއެވެ.

--ބައެއް ޙާލަތްތަކުގައި ކުއްލިއަކަށް ފުރާނައަށްވެސް ނުރައްކާތެރިވެގެންދެއެވެ.

--ސްޓްރޯކް ޖެހި ވާގިނެތެއެވެ.  

މިކަންކަމަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުން، އެޙާލަތުގައި ކުރާ ނުބައި ކަންކަމާއި ބުނާ ނުބައި ބަސްތަކުގެ އިތުރުން ޞިއްޙީ ގޮތުން ފާހަގަކުރެވި ޑޮކްޓަރުން އިއްތިފާޤްވާ ކަންކަމެވެ. ގިނަ ބައަކަށް އެންމެ ބޮޑެތި ހިތާމަތައް ކުރިމަތިވާ އެއްކަމަކީ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކުރެވޭ ކަންކަން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ފެންނަމުން އަންނަ ޙަޤީޤަތަކަށްވުމުންނެވެ.  

ރުޅި ކޮންޓްރޯލް ނުކުރެވުމަކީ އެމީހަކަށް އެންމެ ބޮޑެތި ދެރަތައް ލިބޭ ސަބަބެވެ. އެހެންވެ ރުޅިއަންނަހިނދު ރުޅިކޮންޓްރޯލްކުރުން ލައްވަވާފައިވަނީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންނެވެ. މީގެ އިތުރުން ރުޅި ކޮންޓްރޯލް ނުކުރެވޭ މީހަކު ދެކެ ލޯބިވާނެ މީހަކު ނުހުންނާނެއެވެ.  

ވީމާ ދިރިއުޅުމުގައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ރުޅި ކޮންޓްރޯލްކުރުމެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން